އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު- ފޮޓޯ/ އެމްޑީޕީ
ހަބަރު
23 Jul 2026 | 14:38
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން: ޝާހިދު

ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފިޔަވަޅުގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަން މައްޗަށް ގޮސް ދިވެހި ރުފިޔާގެ އަގު އިތުރަށް ދަށަށް ދާނެ ކަމަށެވެ. އެއާ އެކު ޑޮލަރު ހޯދުމުގެ ދަތިކަން ބޮޑުވެ ޑޮލަރުގެ އަގު "އިންތިހާ" އަށް އުފުލިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންނާއި އެ އޮފީހުގެ އިސް މުވައްޒަފުން އިސްތިއުފާ ދެމުން ގެންދާ ދަނޑިވަޅެއްގައި ވެސް އެ ކަމަށް ބެލުމެއް ނެތި 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމަށް ނިންމާފައިވެއެވެ.

މި ޢަމަލަކީ ރައްޔިތުންގެ މުސްތަޤުބަލާއި މުޅި ޤައުމުގެ މާލީ ނިޒާމު ހަލާކުކޮށްލުން ކަމުގައި ޝާހިދު ސިފަކުރެއްވިއެވެ.

‏”ރައީސް މުއިއްޒު ފައިސާ ޗާޕު ނުކުރައްވާނެކަމަށް ވިދާޅުވެފައިމެ އެ ވައުދާއި ޚިލާފުވެ، މާލީ ނިޒާމަށް މިވަރު ބޮޑު ގެއްލުމެއް ލިބިދާނެގޮތަކަށް ކަންކުރެއްވުމަކީ ވަރަށް ދެރަވަރުކަމެއް“ ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގައި ސަރުކާރުން ވިއްކާ ޓީ-ބިލްތަކަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކާ ސެކިއުރިޓީޒްތަކެކެވެ. މި ބިލްތަކުގެ މުއްދަތު ހަމަވުމުން ސަރުކާރުން އަނބުރާ ދައްކާނީ ބިލުގެ މޫނުމަތީ އަގު (ފޭސް ވެލިއު) ގަ އެވެ. 

އާންމުކޮށް ސަރުކާރުގެ ޓީ-ބިލްތައް ގަންނަނީ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން (ޕެންޝަން ފަންޑު) އާއި، ވިޔަފާރި ބޭންކުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. އަދި އަމިއްލަ ބައެއް ބޮޑެތި ކުންފުނިތަކުންވެސް އިންވެސްޓްމަންޓެއްގެ ގޮތުގައި ޓީ-ބިލް ގަނެ އެވެ. މިއީ ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ބޭނުންކުރާ އާންމު އުސޫލެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.