އުތީމު ގަނޑުވަރު-
ރިޕޯޓް
10 Aug 2026 | 11:05
އުތީމު ޚާއްސަވަނީ ކީއްވެ؟

ރަށްތަކުގެ ތެރެއިން ވަކިރަށެއް ޚާއްސަވަނީ ނުވަތަ ޙާއްސަކުރަނީ އެ ރަށަކާ ގުޅިފައިވާ ސިފައެއް ނުވަތަ ސިފަތަކެއްގެ ސަބަބުންނެވެ. މިދެންނެވި ގުދުރަތީ ގޮތުން އެރަށަށް ލިބިފައިވާ ސިފަތަކެއްގެ ވާހަކައެވެ. މިސާލަކަށް ބަނދަރު ފަސޭހަ ރަށަކަށް ވުމުން ދަތުވެރިން އެރަށަކީ ޚާއްސަ ގޮތެއްގައި ފާހަގަ ކުރާ ރަށަކަށް ވެދާނެއެވެ. ރީތި ފަޅެއް އޮންނަ ނަމަ ލަފާ ފުރުން ފަސޭހަކަމުގެ ގޮތުން އެރަށެއް ޚާއްސަ ވެދާނެއެވެ. ނުވަތަ މޫދަށް އެރިލާ މަޖާކޮށްލަން ހިތްގައިމު ރަށެއްގެ ގޮތުގައި އެރަށެއް ޚާއްސާ ވެދާނެއެވެ.

އުތީމުގައި ހުންނަ މިސްކިތެއް

މީގެ އިތުރުން ދިރުންހުރި ކުޅިއެއް ނުވަތަ ޚާއްސަ ފެންގަނޑެއް އޮތުމުން އެރަށަކީވެސް ޚާއްސަ ރަށަކަށް ބެލިދާނެއެވެ. މިނޫނަސް ގުދުރަތީ ސިފަތަކުން ރަށްރަށް ޚާއްސަ ކުރެވިފައިވެއެވެ. އަދި ރަށް އޮންނަ ސަރަޙައްދުގެ ގޮތުން ޚާއްސަ ރަށެއް ގޮތުގައި ބަލާފައިނެއެވެ. ހަމަ މިފަދައިން ކަނޑު މޫނު ރަށެއް ނަމަވެސް އެއި ޚާއްސަ ވެދާނެ ސަބަބެކެވެ.

މި ދެންނެވީ ޢާންމު ގޮތެއްގައި ރަށްރަށް ޚާއްސަވާ ސިފަތަކެވެ. އުތީމަކީ މިއިން އެއްވެސް ސިފަތަކެއް ލިބިފައިވާ ރަށެއްނޫނެވެ.

ރަށްރަށް ޚާއްސަ ވާ ދެވަނަ ގޮތަކީ އިންސާނީ ވަސީލަތެވެ. އެރަށަކީ އެހެންރަށް ރަށަށްވުރެ ބަސްގިނަ ރަށަކަށް ވެއްޖެނަމަ އެރަށް ބެލެވޭނީ ޚާއްސަ ރަށަކަށެވެ. މޮޅު ބަސްވެރިން ތިއްބަވާ ރަށެއް ނަމަ އެރަށުގެ ނަންވެސް ކިޔުނީ ޚާއްސަ ގޮތެއްގައެވެ.ކުޅަދާނަ ފަންނުވެރިން ތިބޭ ނަމަ އެރަށެއްވެސް އެރޮނގުން ވާނީ ޚާއްސަ ކުރާނެވެ. އުތީމަކީ މިފަދަ ވަސީލަތެއްވެސް އެރަށަށް ނިސްބަތްވާ ރަށެއް ނޫނެވެ.

ސުވާލަކީ މި ގޮތަށް ކަނަތައް ހުރި އިރު އުތީމު ޙާއްސަވަނީ ކީއްވެތޯއެވެ. ޖަވާބަކީ އުތީމު ޙާއްސަވަނީ ރަށެއް ޙާއްސަ ވާނެ އެންމެ ޢިއްޒަތްތެރި، އެންމެ ފަޚްރުވެރި ހައިސިއްޔަތުންނެވެ. އެއީ އެރަށުން އުފެދުނު ޒަޢީމެއްގެ ދައުރުގެ މަތިވެރިކަމުންނެވެ. ޝައްކެއް ނެތެވެ. އުތީމު ޙާއްސަ ވަނީ އުތީމު ކަޅުއަލި ކަތީބު ތަކުރުފާނުގެ ހުސެން ކަތީބު ތަކުރުފާނުގެ ޢިއްޒަތްތެރި ދަރިކަލުން މުޙަންމަދު ތަކުރުފާނުގެ ސަބަބުންނެވެ. އެތަކުރުފާނުގެ ލީޑަރ ކަމުގެ ދަށުން އެތަކުރުފާނާ އެ ތަކުރުފާނުގެ ބައިވެރިން ގައުމަށްޓަކައި ކުޅަ ޖިހާދެއްގެ މަތިވެރި ކަމުންނެވެ. އެ ނަސްރާ ކާމިޔާބީގެ ނަތީޖާގެ ފޮނިކަމުންނެވެ. އެނަތީޖާއަށްޓަކައި ދިވެހިން އަދަ ކުރާ ޝުކުރު މަތިވެރިއެވެ. ކުރާ އިޙްތިރާމް އެހާމެ ލޮބުވެތިމެއެވެ.

15 އަހަރުވަންދެން ރާއްޖެގެ މައްޗަށް ވެރިވެގަނެގެން ތިބެ ރާއްޖޭގެ މިނިވަކަންކަމާއި މާތްވެގެންވާ އިސްލާމްދީންގެ އަލިކަން ގެއްލެމުންދަނިކޮށް އަނިވެޔާވެރި ޕޯޖުގީޒުންގެ ކިބައިން ރާއްޖެ ސަލާމަތްކުރައްވާ މިނިވަންކަމުގެ އުފަލާ އިސްލާމްދީނުގެ ނަސީބު އަނބުރާ ހޯއްދާދެއްވި އުތީމު މުޙަންމަދު ތަކުރުފާނެވެ. އެ ތަކުރުފާނަކީ  އުތީމު ދަރިއެކެވެ. އެހެން ކަމުން ޙާއްސަ ނުވެ ދިވެހިންނަށް ދެން ޙާއްސަ ވާނީ ކޮން ރަށެއް ތޯއެވެ. އާދޭހެވެ. އުތީމު ޙާއްސަ ވަނީ އުތީމު މުޙަންމަދު ތަކުރުފާނުގެ ސަބަބުންނެވެ.

ލިޔުނީ: އުތީމު އާދަމް ޢަބްދުއްރަޙުމާން (އުތީމު އާދަމްބެ)

ކޮމެންޓް
ާއަޒީ ބެ
ނޭގެ
10 Aug 2026
އަހަރެން
ތަކުރުފާނޭ ކިޔައިގެން ދައްކާ ފްލޯކް ވާހަކަ މަދެއް ނޫން.
10 Aug 2026
ތަކުރު
އުތީމު ހާއްސަ ވީމާ އޭގެ ފައިދާ ނަގަނީ ނާގާބިލު ކައުންސިލަރުން. ރައްޔިތުން ގުނބޯހައްދައިން ރައްޔިތަކަށް ލިބޭ އެއްވެސް އެއްޗެއްނެއް
10 Aug 2026
އާމިނާބީ
އުތީމަކީ ގުދުރަތީ ރީތި ގޮނޑުދޮށެއް ލިބިފައިވާ ރަށެއް. މުރާލިހީވާގި ބަޔަކު އުޅޭ ރަށެއް. ފަންނީ ބޭފުޅެއް ގޮތުގައި މި ލިޔުން ލިޔެލެއްވި އުތީމު އާދަންބެ ފުދެއެވެ.
10 Aug 2026
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް