ވީއައިއޭ
ރިޕޯޓް
10 Aug 2026 | 20:05
ވީއައިއޭގެ ހަކަތައިގެ މައިބަދަ؛ ޕަވަރ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހިރާއްޖޭގެ އިގްތިސާދީ މައި ދޮރާއްޓެވެ. މި މުހިންމު ބިނާގެ އޮޕަރޭޝަންތައް 24 ގަޑިއިރު މެދުކެނޑުމެއް ނެތި، އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ޔޫޓިލިޓީސްގެ ދަށުން ހިންގާ ޕަވަރ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް (ޕީ.ޖީ.ޑީ.ޑީ) އެވެ. މި ޑިޕާޓްމަންޓަކީ އެއަރޕޯޓަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް އިތުބާރު ހުރި ގޮތެއްގައި ފޯރުކޮށްދިނުމުގެ މައިގަނޑު މަސްއޫލިއްޔަތު އުފުލާ ފަރާތެވެ.

ދުނިޔޭގެ ގިނަ އެއަރޕޯޓުތަކާ ޚިލާފަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚާއްޞަ ސިފައަކީ އެ ތަނަށް ބޭނުންވާ ޔޫޓިލިޓީގެ މުހިންމު ޚިދުމަތްތައް ސީދާ އެމް.އޭ.ސީ.އެލް އިން ބެލެހެއްޓުމެވެ. މީގެ ތެރޭގައި އަމިއްލައަށް ކަރަންޓު އުފެއްދުމާއި، އެ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުން ހިމެނެއެވެ. މިއީ އެއަރޕޯޓުގެ ހިންގުން އެއްވެސް މެދުކެނޑުމެއް ނެތި ދެމެހެއްޓުމަށްޓަކައި ޕީ.ޖީ.ޑީ.ޑީ އަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްގެ އިތުރުން ވަރަށްބޮޑު ޒިންމާއެކެވެ.

ޕީ.ޖީ.ޑީ.ޑީގެ މަސައްކަތްތަކަށް ބަލާއިރު، އެ ޑިޕާޓްމަންޓުން އެމް.އޭ.ސީ.އެލްގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި، 28 ޖަނަރޭޓަރާއި، އެއާ ގުޅުންހުރި އެންމެހައި މެޝިނަރީތައް އޮޕަރޭޓްކޮށް ބަލަހައްޓައެވެ. ކަރަންޓު ބޭނުންވާ މިންވަރު ދެނެގަނެ، އެ މިންވަރަށް ކަރަންޓު އުފެއްދުމުގެ މަސައްކަތް 24 ގަޑިއިރު މޮނިޓަރ ކުރެވެއެވެ. މީގެ އިތުރުން، އިންޖީނުތަކުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަރާމާތުތަކާއި، ދުރާލާ ދޭންޖެހޭ މަރާމާތު (ޕްރިވެންޓިވް މެއިންޓެނަންސް) ތަކުގެ އިތުރުން، މެކޭނިކަލް، އިލެކްޓްރިކަލް އަދި ކޮންޓްރޯލް ސިސްޓަމްތަކަށް ދިމާވާ އެންމެހައި ފަންނީ މައްސަލަތައް ހައްލުކުރުމަކީ މި ޑިޕާޓްމަންޓުގެ މުވައްޒަފުން ކުރާ މުހިންމު މަސައްކަތްތަކެވެ.

ކަރަންޓު އުފެއްދުމުގެ އިތުރުން، އެ ހަކަތަ މުޅި އެއަރޕޯޓު ރަށަށް ފޯރުކޮށްދިނުމަކީ ވެސް ޕީ.ޖީ.ޑީ.ޑީގެ ޒިންމާއެކެވެ. މިގޮތުން 11 ކޭވީ (11kV) ގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކެއް މެދުވެރިކޮށް، އެއަރޕޯޓުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 26 ސަބްސްޓޭޝަނެއް އެ ޑިޕާޓްމަންޓުން ބަލަހައްޓައެވެ. މި ވިއުގައިގެ ސަބަބުން ޓާމިނަލްތަކާއި، ރަންވޭގެ ބައްތިތަކާއި، އަދި އެއަރޕޯޓުގެ ހިންގުމަށް ބޭނުންވާ މުހިންމު ވަސީލަތްތަކަށް ރައްކާތެރިކަމާއެކު ކަރަންޓު ފޯރުކޮށްދެވެއެވެ.

ޚިދުމަތުގެ ޔަގީންކަން އިތުރުކުރުމަށްޓަކައި، އެއަރޕޯޓުގެ އެންމެ މުހިންމު 22 ސަރަހައްދެއްގައި ބަހައްޓާފައިވާ ސްޓޭންޑްބައި ޖަނަރޭޓަރުތައް ވެސް ޕީ.ޖީ.ޑީ.ޑީ އިން މޮނިޓަރކޮށް ބަލަހައްޓައެވެ. މި ސިސްޓަމްތަކަކީ މައި ކަރަންޓު ވިއުގައަށް އެއްވެސް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި، އެއަރޕޯޓުގެ ކޮންމެހެން ބޭނުންވާ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ތައްޔާރުކޮށްފައިވާ ބެކަޕް ނިޒާމުތަކެވެ.

މި ހުރިހާ މަސައްކަތެއްގެ ފަހަތުގައި ތިބީ މެކޭނިކަލް އަދި އިލެކްޓްރިކަލް ފަދަ ފަންނީ ދާއިރާތަކުން ތަމްރީނުވެފައިވާ 67 ހީވާގި މުވައްޒަފުންނެވެ. މި މުވައްޒަފުން ޝިފްޓް ޑިއުޓީ އުސޫލުން 24 ގަޑިއިރު މަސައްކަތް ކުރަމުންދަނީ އެއަރޕޯޓުގެ ކަރަންޓުގެ ނިޒާމަށް އެއްވެސް ބުރުލެއް އަޔަނުދިނުމަށެވެ. އެއަރޕޯޓު ތަރައްގީވަމުން އަންނަ ވަރަކަށް ޕީ.ޖީ.ޑީ.ޑީގެ މަސްއޫލިއްޔަތުތައް ވެސް އަންނަނީ ފުޅާވަމުންނެވެ. އައު ޓާމިނަލްގެ މަސައްކަތާއެކު އެކަނިވެސް 12 އާއި 16 މެގަވޮޓާ ދެމެދުގެ ކަރަންޓު ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވޭއިރު، އެމް.އޭ.ސީ.އެލް އިން އަންނަނީ އެއާ އެއްވަރަށް ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރަމުންނެވެ.

ނިންމާލަމުން ދަންނަވާނަމަ، ޕީ.ޖީ.ޑީ.ޑީ އަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހިންގުން ދެމެހެއްޓުމުގެ މައިބަދައެވެ. ޓާމިނަލްގެ އޮޕަރޭޝަންތަކުން ފެށިގެން އެއަރފީލްޑާއި ސަލާމަތީ ނިޒާމުތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމުގައި މި ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތަކީ ފަސިންޖަރުންނަށް ސީދާ ފެންނަން އޮތް ކަމަކަށް ނުވި ނަމަވެސް، އެއީ އެއަރޕޯޓުގެ ކޮންމެ ޚިދުމަތެއްގެ ފަހަތުގައިވާ އެންމެ މުހިންމު ބާރެވެ. ޒަމާނީ ވަސީލަތްތަކާއި ފަންނީ މުވައްޒަފުންނާއެކު ޕީ.ޖީ.ޑީ.ޑީ އިން އަންނަނީ ގައުމީ މި މުހިންމު ޚިދުމަތް ފުރިހަމަކަމާއެކު އަދާކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.