ފަރެސް މުޙައްމަދު ޢާމިރަށް ޝަރަފްވެރިކަމުގެ އިނާމް އަރުވަނީ... ފޮޓޯ: ރައީސް އޮފީސް
ރިޕޯޓް
15 Aug 2026 | 14:19
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމް، ފަރެސް އަހުމަދު އާމިރަށް

މުޙައްމަދު ޢާމިރު އަޙްމަދަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައި ދިވެހިބަހުގެ މަންހަޖު އުފެއްދުމާއި، މުޤައްރަރާއި ފޮތްތައް ލިޔުއްވުމާއި، އިމްތިޙާނު ކުރުމުގެ ދާއިރާގައި17 އަހަރަށްވުރެ ގިނަ ދުވަހު ވަނީ ޚިދުމަތް ކުރައްވައިފައެވެ.

މުޙައްމަދު ޢާމިރު އަޙްމަދު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1988ވަނަ އަހަރު ހިންގެވި ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހާއި، އޭގެފަހުން ހިންގެވި ޅެންވެރިކަމުގެ އެޑްވާންސް ކޯސް ފުރިހަމަކުރެއްވުމަށްފަހުގައެވެ. މި ދެ ކޯހުގެ މުދައްރިސަކީ، ރާއްޖޭގެ ލާމަސީލު ޝާޢިރު އަދި މުޙައްމަދު ޢާމިރު އަޙްމަދުގެ ޅެންވެރިކަމުގެ މުރައްބީ، އަލްމަރްޙޫމް ޔޫސުފް މުޙައްމަދުފުޅެވެ. 

މުޙައްމަދު ޢާމިރު އަޙްމަދު ވަނީ، އަދަބިއްޔާތާއި ޅެންވެރިކަން ކުރިއެރުވުމާއި، މި ދާއިރާއިން މީހުން ބިނާކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން، ޅެންވެރިކަމުގެ ތަމްރީނު ކޯސްތައް އެކިއެކި ސްކޫލްތަކަށް ހިލޭސާބަހަށް ހިންގަވައި ދެއްވުމާއި، އެކިއެކި ފަރާތްތަކުން ހިންގި ޅެންވެރިކަމުގެ ކޯސްތަކުގައި ކިޔަވައިދެއްވުމާއި، ޅެންވެރިކަމުގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މައުލޫމާތާއި ތަމްރީނު ދެއްވުން ހިމެނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ހިންގަވާ ދިވެހިބަހުގެ ޑިގްރީގެ 16 ކޯހެއްގައި މުޙައްމަދު ޢާމިރު ޅެންވެރިކަން ކިޔަވައިދެއްވިއެވެ. އަދި، މި ކޯސްތަކުގައި ކިޔަވައިދެއްވުމަށާއި، ދަރިވަރުން ބޭނުންކުރުމަށް ޅެންވެރިކަމުގެ 11 މައުޟޫޢަކަށް މައުލޫމާތު ކަރުދާސް އެކުލަވައިލެއްވިއެވެ. މީގެއިތުރުން، ދިޔޯގެ ރައިވަރާ ގުޅޭގޮތުން ނައިބުތުއްތު ފާޅުކުރެއްވި ޚިޔާލުތައް ދިރާސާކުރައްވައި، އޭގައިވާ ޅެންވެރިކަމުގެ ގަވާއިދުގެ ބަޔާއި، ޅެން ރީތިކުރުމަށް ގެންގުޅޭ އުކުޅުތަކާ ގުޅޭ ބައިތައް ނަންގަވައި، މި ކޯހުގައި ކިޔަވައިދެއްވިއެވެ. 

އަދަބިއްޔާތުގެ ދާއިރާގެ އިތުރުން، ތަޢުލީމީ ދާއިރާއާއި، ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީނުވެފައިވާ މުޙައްމަދު ޢާމިރު އަޙްމަދަކީ، މުދައްރިސެކެވެ. ލިޔުންތެރިއެކެވެ. ނޫހުގެ އެޑިޓަރެއްވެސް މެއެވެ. ދިވެހިބަސް ކިޔަވައިދޭން އެކުލަވައިލާ މަންހަޖު އެކުލަވައިލުމާއި، ތަރައްޤީކުރުމާއި، ކިޔަވައިދޭ ފޮތްތައް ލިޔުމާއި އެޑިޓް ކުރުމުގައި ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގައި 17 އަހަރެއްހައި ދުވަހު ޚިދުމަތް ކުރެއްވި ޢާމިރު ވަނީ،ދިވެހިބަސް ކިޔަވައިދޭ ދަރިވަރުންގެ ފޮތާއި، މުދައްރިސުންގެ ފޮތްވެސް ލިޔުއްވައި އެކުލަވައިލައްވައިފައެވެ. މީގެތެރޭގައި، މިހާރު ކިޔަވައިދޭ ގުރޭޑު 5ގެ ފޮތްބަޔާއި، ގުރޭޑު 8 އާއި،  9 އާއި، 10ގެ ފޮތްބަޔާއި، ގުރޭޑު 9 އަދި 10ގެ އަދަބިއްޔާތުގެ ފޮތް އެކުލަވައިލެއްވުމުގައި މުޞައްނިފެއްގެ ގޮތުންނާއި، އެޑިޓަރެއްގެ ގޮތުންވެސް މަސައްކަތްޕުޅު ކުރެއްވުން ހިމެނެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނަށް އެކި ދުވަސްވަރު ޢާމިރު ވަނީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން އެހީތެރިކަން ދެއްވައިފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، އެވިޑް ކޮލެޖާއި، މަންދު ކޮލެޖުގެ އެކިއެކި ކޯސްތަކުގައި ކިޔަވައިދެއްވައި، އެ ކޯސްތަކަށް އިތުރު ކުރިއެރުމާއި ދިރުން ގެނެސްދެއްވުމުގައިވެސް ޢާމިރުގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ. 

ދިވެހިރާއްޖޭގައި ފުރަތަމަ ފާހަގަކުރެވުނު ޅެންވެރިންގެ ދުވަހު ބޭއްވި ޢިޝްޤީ ޅެންހެދުމުގެ މުބާރާތުން ލިބިވަޑައިގެންނެވި 3ވަނައާއި، އެ ދުވަހު ބޭއްވި، ވަގުތުން ޅެން ހެދުމުގެ މުބާރާތުން ލިބިވަޑައިގެންނެވި 2ވަނައާއި، އެ އަހަރު ބޭއްވި ޅެންހެދުމުގެ ޤައުމީ މުބާރާތުން އަމިއްލަ ފަރާތްތަކުގެ ބައިން ލިބިވަޑައިގެންނެވި 1ވަނައާއެކު ފެށުނު ކާމިޔާބު ޅެންވެރިކަންވީ، ޅެންވެރިކަމުގެ ދާއިރާގައި ފަނޑުވުމެއްނެތި ޢާމިރުގެ ވިދުން ފެނުނު ސަބަބަކަށެވެ. 

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށާއި، ދިވެހިބަހުގެ އެކެޑަމީއަށް އަބަދުވެސް އެހީތެރިކަން ދެއްވަމުން ގެންދަވާ މުޙައްމަދު ޢާމިރު އަޙްމަދަކީ، ދިވެހިބަހުގެ ބަސްކޮމިޓީގެ މެންބަރެއްގެ ގޮތުގައި 1989 ން 2022ވަނަ އަހަރުގެ ނިޔަލަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި، ދިވެހިބަހުގެ ގަވާއިދު ކޮމިޓީ، 2014ވަނަ އަހަރު އެކުލަވައިލެއްވީއްސުރެ މިއަދާ ހަމަޔަށް އެ ކޮމިޓީގެވެސް މެންބަރެކެވެ.

މުޙައްމަދު ޢާމިރު އަޙްމަދަކީ، ޅެންހެދުމުގެ ޤައުމީ މުބާރާތްތަކަށް ދަރިވަރުން ތަމްރީނު ކުރެއްވުމާއި، އެ ކުދިންނަށް މައުލޫމާތު ދެއްވަމުން ގެންދަވާ އެދުރެކެވެ. އެ މުބާރާތުގެ ފަނޑިޔާރެކެވެ. އަދި ދިވެހިބަހުގެ އެކެޑަމީއިން ހިންގަވާ އެކި ތަމްރީނުތަކުގައި، ދިވެހިބަހާއި ޅެންވެރިކަން ދަސްކޮށްދޭ ކިލާސްތަކުގައި ކިޔަވައިދެއްވާ މުދައްރިސެކެވެ.

މުޙައްމަދު ޢާމިރު އަޙްމަދަށް ވަނީ ދިވެހި ޅެންވެރިކަމުގެ ދާއިރާއިން 1996ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. މި ހުރިހާ ކާމިޔާބީއަކާއެކުގައިވެސް ޢާމިރު އެންމެ އުފާފުޅުކުރައްވާ ކާމިޔާބީއަކީ، ޢާމިރުގެ ދަރިވަރުން ޢާމިރާމެދު ފާޅުކުރާ ޝުޢޫރުތަކާއި ވަޒަންކުރާ ގޮތެވެ. 

ޢާމިރު ހެއްދެވި ޅެންތަކުގެ ތެރެއިން އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ އެއް ޅެމަކީ، އެމް.އެން.ޑީ.އެފް.އަށް ހައްދަވައިދެއްވި "އިސްނަގާށޭ ދަރިންނޭ ޒުވާން" މި ޅެމެވެ. އަނެއް ޅެމަކީ، ޣައްޒާގެ ކުޑަކުދިންގެ ހާލަތު ބަޔާންކުރައްވައި ހެއްދެވި "ކަރުނަޔާ ލޭގެ ޠޫފާން" މި ޅެމެވެ.

މުޙައްމަދު ޢާމިރު އަޙްމަދު މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޢަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.ހަމައެހެންމެ، ޅެންވެރިކަމުގެ ޚިދުމަތުގައެވެ. އެ ޅެންވެރިކަމުން ހިތްތަކަށް އުފާވެރިކަން ގެނެސްދެއްވުމުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.