ޝާހިދު އައްޑޫސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން..
ހަބަރު
16 Aug 2026 | 14:58
އައްޑޫ އަދި މާލެސިޓީގެ ޑަބްލިއުޑީސީ ރައީސާއިންގެ ތާއީދު ޝާހިދަށް

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރައްވާފައިވާ، އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދަށް، ރާއްޖޭގެ އެންމެ ބޮޑު ދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ދެ ރައީސާއިންގެ ތާއީދު އޮތްކަން ހާމަކުރައްވައިފިއެވެ.

މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސާ ޢާއިޝަތު ރީޝާ އަދި އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސާ ފާތިމަތު ހިޖުރާ ވަނީ، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝާހިދަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ދެ ސިޓީގެ ޑަބްލިއުޑީސީގެ އިސް ވެރިންގެ އިތުރުން، އައްޑޫ ސިޓީ އަދި މާލެ ސިޓީގެ ބައެއް ކައުންސިލަރުން ވެސް ވަނީ ޝާހިދަށް ތާއީދުކުރައްވާކަން ފާޅުކުރައްވާފައެވެ.

އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސާގެ އިތުރުން ބައެއް ކައުންސިލަރުންގެ ތާއީދު ޝާހިދަށް ލިބިވަޑައިގެންނެވިކަން ހާމަކޮށްފައިވާއިރު ޝާހިދު ވަނީ މިދިޔަ ހުކުރުދުވަހު އައްޑޫސިޓީއަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ޝާހިދު ވަނީ އެ ސިޓީގެ އެމްޑީޕީގެ އިސް ފަރާތްތަކާއި، ކައުންސިލަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ޕާޓީގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިޢުލާނު ކުރެއްވުމާ ގުޅިގެން، ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނާއި ދާއިރާތަކުގެ އިސް ބޭފުޅުން ދަނީ އެމަނިކުފާނަށް ތާއީދު އިތުރުވަމުން އަންނަކަން ހާމަކުރަމުންނެވެ.

ކޮމެންޓް
ާަަައަޙްމަދު
އެއްވެސް ރީޒަންއަށް ނެތް ޝާހިދު އަށް ސަޕޯޓް ކުރަންޖެހޭ.
16 Aug 2026
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.