އިންތިހާބް ބާތިލް ކުރުން: މިއަދުގެ އަޑު އެހުމަށް ކިއު ހަދަން ފަށައިފި

21 Oct 2018 | 09:50

ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މިއަދު 1:00އަށް ސުޕްރީމު ކޯޓުގައި ތާވަލު ކުރުމާއެކު ސްޕްރީމް ކޯޓު ދޮށުގައި ކިއު ހަދައިފިއެވެ.

މިއަދުގެ އަޑު އެހުން ނަންނޯޓް ކުރުމަށް ޖުޑިޝަރީން ވަނީ މިހާރު ހުޅުވާލަފައެވެ. އެގޮތުން ޖުޑިޝަރީން ކުރި ޓުވީޓްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-C/44 ޤަޟިއްޔާގެ ޝަރީޢަތް އަޑުއެއްސެވުމަށްޓަކައި ވަޑައިގަންނަވާ ބޭފުޅުންގެ ނަން ނޯޓުކުރުން، ހެނދުނު 10:30 އިން 12:30 އަށް ކުރިއަށްދާނެ ވާހަކަ ވަނީ ހާމަކޮށްފައެވެ.

މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ނިންމާފައި ވަނީ މައްސަލާގައި ރައީސް ޔާމީނުގެ ފަރާތުން ހުށަހެޅުއްވި ސިއްރު ހެކި ބަލައި ނުގަތުމަށެވެ.

ސުޕްރީމް ކޯޓްގެ ފުލް ބެންޗުން ބައްލަވައި ދުސްތޫރީ އެ މައްސަލައިގެ އެންމެ ފަހުން އަޑުއެހުން ބާއްވާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހަޅުއްވާފައި މައްސަލައިގައި އެދިފައި ވަނީ އިންތިހާބާ މެދު ކުރެވޭ ޝައްކުތައް ތަހުގީގު ކުރުމަށް ފުލުުހުންނާއި ސިފައިންގެ މައްޗަށް އަމުރުކޮށްދިނުމަށާއި އަދި އިންތިހާބު ބާތިލްކޮށް އާ އިންތިހާބެއް ބޭއްވުމުގެ އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެރެދިނުމަށެވެ.

Advertisement

ކޮމެންޓް