އިންޓެލްގެ ދެ ފުލުހުން ވަޒީފާއަށް ނެރުނީ އިންތިގާލީ މަރުހަލާގައި!

08 Sep 2019 | 17:41

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ ވަގު ޕާސްޕޯޓެއް ހައްދަން އުޅުނު ދެ ފުލުހަކު ވަޒީފާއިން އެކަހެރިކޮށްފައި ވަނިކޮށް އަލުން ނެރުނީ ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާގެ ތެރެއިންކަން ހާމަވެއްޖެއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެ ދެ ފުލުހުންގެ މައްސަލަ ފުުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދިޔުމާއި ގުޅިގެން ވަޒީފާއާއި މެދު ގޮތެއް ނިމެންދެން ޖުލައި 13، 2017 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ރަސްމީ މަސައްކަތުން ދުރުކުރި ކަމަށެވެ.

 އެހެން ނަމަވެސް ނޮވެމްބަރު 7، 2018 ގައި އެ ދެ ފުލުހުން އަލުން ވަޒީފާއަށް ނެރުނު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ތައްޔާރުވަމުންދިޔަ އިންތިގާލީ މަރުހަލާގެ ދުވަސްވަރުކަން ފާހަގަކޮށްލެވެއެވެ.

ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. ހައްޔަރު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވަނީ ފުލުހުންނަށް އަންގަވައިފައެވެ.

ނަމަވެސް އެ ފުުލުހުން ހައްޔަރުކުރަން ޖެހޭފަދަ ގާނޫނީ ސަބަބުތަކެއް އޮތްކަމަށް ނުދެކޭ ކަމަށާއި އިދާރީ ތަހުގީގު ކުރަމުން ދިޔުމަށް ކޮމިޝަނުން އެންގިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް