އެމްޑީއެންގެ މަގާމުން ނޫޝީން އިސްތިއުފާދީފި

07 Oct 2019 | 20:40

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ ޗެއަރޕާސަންގެ މަގާމުން ނޫޝީން ވަހީދު އިސްތިއުފާދީފިއެވެ.

ނޫޝީން އޭނާގެ މަގާމުން އިސްތިއުފާދިންކަން މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އޭނާ މިވަގުުތު ދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކައުންޓަރ ޓެރަރިޒަމް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ނޫޝީން އެ މަގާމުން ވަކިކުރުމަށް ގިނަބަޔަކު ދަނީ ގޮވާާލަމުންނެވެ.

އެމްޑީއެންގެ ރިޕޯޓުގައި އިސްލާމީ ހުދޫދު ތަކަކީ އަނިޔާގެ ގޮތުގައި ސިފަކޮށްފައިވާއިރު އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ "ޚިޔާލީ ވާހަކައެއް"ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ވެސް ކީރިތި ޤުރުއާނުގެ ސަބަބުން ގެވެށި އަނިޔާ އިތުރުވާ ކަމަށް ދޭހަވާ ގޮތަށް ވެސް އެ ރިޕޯޓުގައި ލިޔެފައިވާކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް