އެއްވުމުން ހައްޔަރުކުރި މީހުން ދޫކުރަން ފަށައިފި

02 Nov 2019 | 23:15

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމްކޮށްގެން މިރޭ ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ހައްޔަރު ކުރި މީހުންތައް ދޫކޮށްލަން ފަށައިފިއެވެ.

މިކަން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނޭ އަލްއުސްތާޛު އާދަމް ޝަމީމް ކުރެއްވި ޓްވީޓަކުން ކަށަވަރުކޮށްދެއްވާފައެވެ.

ޝަމީމް ވިދާޅުވީ މިރޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރެވުނު 11 މީހުންގެ ތެރެއިން 8 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. 

ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ކަނޑައެޅި ގާނޫނީ ވަކީލުން ދަނީ މި އެއްވުމުން ހައްޔަރުކުރި ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލުމަށް މަސައްކަތް ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހަރަކާތާއި ގުޅިގެން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލް ވަނީ ފުލުހަށް މިއަދު ހާޒިރުކޮށްފައެވެ. ޝަކީލް ފުލުހަށް ހާޒިރުކުރުމަށްފަހު މިރޭ ބާއްވާ އެއްވުމަކީ ގާނޫނާއި ޚިލާފު އެއްވުމެއްކަމަށް ވަނީ ބުނެފައެވެ. އަދި މި އެއްވުން ހުއްޓުވާނެކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.

Advertisement

ކޮމެންޓް