ރާއްޖޭގައި ބޮން ހަދައި، ވައިގެ ތެރޭގައި ގޮއްވައިލަން އުޅުނު: ޕޮލިސް ކޮމިޝަނަރު

17 Dec 2019 | 14:58

ރާއްޖޭގައި ބޮން ހަދައި، ވައިގެ ތެރޭގައި ގޮއްވައިލަން ބަޔަކު މީހުން މަސައްކަތްކުރި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިހެން ވިދާޅުވީ ކްރޮސްރޯޑްސްގައި މިހާރު ކުރިޔަށްދާ "ވިޔަވަތި ރާއްޖެ" މަހާސިންތާގެ މިއަދުގެ މެންދުރު ފަހުގެ ދަންފަޅީގައި، ރާއްޖޭން ބޭރު ގައުމުތަކުގައި ހިނގާ ޓެރަރިޒަމްގެ ހަނގުރާމަ ތަކަށް މީހުން ދިއުމާބެހޭގޮތުން ބައިވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެވެ.

ހަމީދު ވިދާޅުވީ، އެކަން ހިނގީ 2017 ވަނަ އަހަރު ސީރިޔާގައި ހުރި ދިވެއްސަކާއި ދިވެހިންގެ ތެރެއިން ބަޔަކު ގުޅިގެން ކަމަށެވެ.

އެގޮތުން ރާއްޖޭގައި ބޮން ތައްޔާރުކޮށް، ވައިގެ ތެރޭގައި ގޮއްވައިލަން ހިންގި އޮޕަރޭޝަން ނާކާމިޔާބުކޮށްލީ ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު ގުޅިގެންކަމަށް ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ އެ އޮޕަރޭޝަންގައި ދުނިޔޭގެ ވަރުގަދަ ފަސް ގައުމަކުން ވެސް ބައިވެރިވި ކަމަށެވެ.

އެ ބޮން ގޮއްވާލަން އިންސްޓްރަކްޓަރަކު ދީފައި ވަނީ އިސްލާމިކް ސްޓޭޓްގެ ލީޑާޝިޕުން ކަމަށާއި އެކަން ރޭވީ ދިވެހިންތަކެއް މާލޭގައި ތިބެގެން ކަމަށެވެ.

ހަމީދު ވިދާޅުވީ، ދެކުނު އޭޝިޔާގެ ގައުމުތަކަށް ބަލާއިރު، ޓެރަރިޒަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރާއްޖެއިން ކަމަށެވެ.

Advertisement

ކޮމެންޓް