އެމްޑީއެން އުވައިލުމަކީ ލިބުނު ހިތްހަމަޖެހުމެއް: މައުމޫނު

19 Dec 2019 | 22:35

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވައިލުމަކީ ދީނަށް ލޯބިކުރާ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމަށްވައި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޓެގް ކުރައްވައި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީއެން އުވައިލުމަކީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ލޯބިކުރާ ދިވެހިންނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އެމްޑީއެން އިން ރިޕޯޓު ނެރުމާއި ގުޅިގެން އެޖަމާއަތް އުވައިލައި އެކަމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އެޅުމަށް ރާއްޖޭގެ ރައްޔިތުން ގޮވައިލިއެވެ.

އެމައްސަލައިގައި މިދިޔަ އޮކްޓޯބަރު މަހުގެ ދިހަ ވަނަ ދުވަހު އެޖަމުއއިްޔާ ސަސްޕެންޑްކޮށްފައި އޮތުމަށްފަހު، އެޖަމުއިއްޔާ އުވައިލިކަން ސަރުކާރުން އިއުލާން ކުރީ މިއަދުއެވެ.

Advertisement

ކޮމެންޓް