ޕީޕީއެމްގެ ޕްރައިމަރީ ފެބްރުއަރީ 7ގައި ބާާއްވަނީ

19 Jan 2020 | 23:53

ކުރިއަށް އޮތް ލޯކަލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ، އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ފޯމް ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެޕާޓީން ދަނީ އިއްޔެއިން ފެށިގެން ހުރިހާ ކެނޑިޑޭޓުންނަށް ވޯޓާސް ލިސްޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ހީނާ ވިދާޅުވީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ރޭ 10:00ގެ ނިޔަލަށް އޮންނާނެ ކަމަށާއި، އެ ޝަކުވާތައް ބެލުމަށް ފަހު މިއަންނަ އާދިއްތަ ދުވަހުގެ ކުރިން ދާއިމީ ވޯޓާސް ލިސްޓު ހުރިހާ ކެންޑިޑޭޓުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ޕްރައިމަރީގައި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ އެ ޕްރައިމަރީއެއް ބާއްވާނީ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހުގައެވެ.

Advertisement

ކޮމެންޓް