ރިޔާސީ އިންތިހާބުގެ ވޯޓްލުން ފޯރިގައި ކުރިއަށް

23 Sep 2018 | 17:01


އެހެން ރިޔާސީ އިންތިހާބުތާކާ ހިލާފަށް މިއަހަރުގެ ރިޔާސީ އިންތިހާބާކީ ފޯރިގަދަ އިންތިހާބެކެވެ، ވޯޓް ފޮށިތަށް ހުޅުވުމާއެކު ގިނަ ބަޔަކުވަނީ ވޯޓް ފޮށިތަކުގެ ކައިރީގައި ކިއު ހަދާފައެވެ. ގިނަ އަދަދެއްގެ ބަަޔަކު ކިއުގައި ތިބިނަމެވެސް ވޯޓްލުން އޮމާންކަމާއި އަމާންކޮށް ދަނީ ކުރިއަށެވެ. މިހާތަނަށް ގިނަބަޔަކު ވޯޓްލާން ނިކުތް ކަމުގައިވިޔަސް މެންދުރު ފަހު ވޯޓްލުމުގެ ފޯރި އިތުރަށް ގަދަވާނެ ކަމަށް ބެލޭވޭކަމަށް އޮބްޒާވަރުން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓް ކުރިޔަށް ބޮޑެތި މައްސަލަތަކެއް ނެތި ރަނގަޅަށް ކަމަށް އިންތިހާބު އޯބްޒާވަރުން ދަނީ ބުނަމުންނެވެ. މިފަހަރުގެ އިންތިހާބު ކުރިއަށް ދަނީ އެހެން އިންތިހާބްތަކޭ އެއްފަދައިން ގިނަ އަދަދެއްގެ މޮނީޓަރުންނާ އޮބްޒާވަރުންނާ އެކުއެވެ.

އިންތިހާބުގެ ވޯޓްލުމަށް މިހާރު ވަނީ އިތުރު ތިން ގަޑިއިރު  ދީފައެވެ ވުމާއެކު މިރޭގެ 7.00 ޖަހަންދެން ވޯޓްލުން ކުރިއަށްގެންދަން އިލެކްޝަން ކޮމިޝަން އިން ވަނީ ނިންމާފައެވެ، މިގޮތަށް ނިންމެވީ ގިނަ ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް އިލެކްޝަންއިން ހާމަކުރެއެވެ.



Advertisement

ކޮމެންޓް