ކޮރޯނާ ވައިރަސް ފެތުރޭނަމަ މީހުން އެކަހެރި ކުރާނީ ކ.ފުނަދޫގައި

26 Jan 2020 | 21:50

ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާާތެރި ވައިރަހެއްކަމުގައިވާ ވޫހާން ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރިއްޖެ ހާލަތެއްގައި މީހުން އެކަހެރިކޮށްފައި ބައިތިއްބާނީ ކ.ފުނަދޫގައިކަމަށް ހެލްތު މިނިސްްޓްރީން ހާމަކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަހާއި ގުޅޭ އެއްވެސް މައުލޫމާތެއް ސިއްރުނުކޮށް ހިއްސާ ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި، އެ ވައިރަސް ފެތުރިއްޖެ ހާލަތެއްގައި ބޭނުންވާނެ ވަސީލަތްތަކާއި ފަންނީ މީހުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެބޭފުޅާ ވިދާޅުވިއެވެ. 

އަމީން އިތުރަށް ވިދާޅުވީ، ކޮރޯނާ ވައިރަހާއި ގުޅިގެން މީހުން ވަކިން ބައިތިއްބަން އައިސޮލޭޝަން ފެސިލިޓީއެއް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ މާލެ ކައިރީގައިވާ ފުނަދޫގައި ކަމަށެވެ.

އަދި ފުނަދޫގައި ހުސްކޮށް ހުރި ޖާގަތައް މިކަމަށް ބޭނުންކުރުމަށް ސަރުކާރުން ހުއްދަ ދީފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޗައިނާއިން ފެތުރެން ފެށި ކޮރޯނާ ވައިރަހުގައި މިހާތަނަށް ގިނަބަޔަކު ވަނީ މަރުވެފައެވެ. މި ވައިރަހަށް ސްކޭން ކުރުމުގެ މަސައްކަތް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ދަނީ ކުރަމުންނެވެ.

Advertisement

ކޮމެންޓް