ބަލިމަޑުކަން ފެތުރެމުންދާތީ ނަމާދުގައި ގުނޫތު ކިޔަވަނީ

31 Jan 2020 | 02:01

ދުނިޔޭގެ އެކިކަންކޮޅުތަކުގައާއި ދިވެހިރާއްޖޭގައި ތަފާތު އެކި ބަލިމަޑުކަން ފެތުރެމުންދާތީ ޖަމާއަތުގައި ނަމާދުކުރާއިރު ގުނޫތު ކިޔެވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ ކޮރޯނާ ވައިރަސްއާ ހިމަބިހިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު ޢާންމުވެފައިވާތީ، މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށް ދެއްވުން އެދި ޤުނޫތު ނާޒިލާ ކިޔުމަށްވަނީ ހަމަޖެހިފައިވާ ކަަމަށެވެ..

އެހެންކަމުން ޤުނޫތު ނާޒިލާ ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގައި 2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން، މި މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން، ކޮންމެ ޖަހްރިއްޔާ (އަޑުހަރުކޮށް ކިޔަވާ) ނަމާދުތަކުގެ ފަހު ރަކްޢަތުގެ އިޢުތިދާލުގައި ކިޔާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުންދާއިރު، ދިވެހިރާއްޖެއިންވެސް ވަނީ އެކަމާއި ގުޅޭގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

Advertisement

ކޮމެންޓް