ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް މަރީ ހާޒިރުކުރަނީ

07 Feb 2020 | 23:24

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ހާޒިރުކުރުމަށް ނިންމައިފިއެވެ.

އަންނަ ބުދަ ދުވަހު އޮންނަ އެ ކޮމެޓީގެ ޖަލްސާއަށް މަރީ ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ ބަަލަމުންދާާ މައްސަލައަކާއި ގުޅިގެންނެވެ.

އެގޮތުން އެ މައްސަލައަކީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އިންތިޒާމްކޮށްގެން މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުތައް އާންމުކުރުމަށް ބޭއްވި ބުރަބި ހަފްލާ ހުށައެޅި މައްސަލައެވެ. މިނިވަން މުއައްސަސާއެއްގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުރެ މަރިޔަމް ވަހީދާ މި އިވެންޓް ހުށައެޅުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އެ މައްސަލައިގައި އެކަމަނާއަށް ކުރިމަތިވިއެވެ.

މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ މަރިޔަމް ވަހީދާ ދިފާއުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން އެބޭފުޅާ ވިދާޅުވީ އެ މިނިސްޓްރީގެ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި ސިޔާސީ ކަންތަކުގައި އުޅޭ މީހުންނާއި މަރިޔަމް ވަހީދާއާއި އަޅާ ކިޔުމަކީ ހިތާމަ ކުރައްވާ ކަމެއްކަމަށެވެ. 

Advertisement

ކޮމެންޓް