އެއާޕޯޓް ލައުންޖްގައި ފަތުރުވެރިން ދިރިއުޅޭ މައްސަލަ ސަރުކާރުން ސާފުކޮށްދީފި

10 Apr 2020 | 22:01

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ މޫނިމާ ލައުންޖްގައި ފަތުރުވެރިންތަކެއް އުޅެމުންދާ މައްސަލައެއް ފެންމަތިވުމާއި އެކު ސަރުކާރުން އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީފިއެވެ.

ވޮއިސްއަށް މައުލޫމާތު ދިން އެއާޕޯޓްގެ އޮފިޝަލް ބުނެފައިވާގޮތުގައި މާޗުމަހުން ފެށިގެން ފަތުރުވެރިން ޑޮމެސްޓިކް ޓާމިނަލްއާއި ޖެހިގެން ހުރި ވީއައިޕީ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މޫނިމާ ލައުންޖްގައި ދިރިއުޅެމުން ގެންދާކަމަށެވެ. އަދި މި ފަރުތުވެރިންނަށް ކެއުމުގެ ކަންކަން ހަމަޖައްސަމުން އަންނަނީވެސް މޫނިމާ ލައުންޖުންކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ވޮއިސް އިން މި މައްސަލާގައި ކަން ހިނގިގޮތުގެ މައުލޫމާތު ހޯދުމަށް މަބްރޫކަށް ގުޅާލުމުން އެބޭފުޅާ ވިދާޅުވީ އެތަނުގައި އެ ފަތުރުވެރިން ތިބޭ ވާހަކައަކީ ތެދެއްކަމާއި، ނަމަވެސް ފަތުރުވެރިން މިހާތަނަށް އެންމެ ގިނަވެގެން ތިބީ 36 ގަޑިއިރު ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ.

މިހެން ވީއައިޕީގައި މަޑުކުރަނީ ރިސޯޓަކުން ފުރުވަން ގެނެސް ފުރަންތައްޔާރުވެފައި ތިބޭ ފަތުރުވެރިންކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މީހުން ޓްރާންސްފަރ ކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެހެންކަމުން އެކި ފަހަރުމަތިން ޓުއަރިސްޓުން މޫނިމާ ލައުންޖުގައި މަޑުކުރަމުން ގެންދާކަމަށް މަބުރޫކް މައުލޫމާތު ދެއްވިއެވެ. ރާއްޖޭގައި އަދިވެސް ފަތުރުވެރިން ރިސޯޓުތަކުގައި ތިބިކަން ފާހަގަކޮށްލަންޖެހެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބައެއް ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ތާށިވެފައި ތިބި ފަތުރުވެރިންވެސް ހިމެނެއެވެ. 

Advertisement

ކޮމެންޓް