ކޮވިޑް-19 ޖެހިފައި ހުރި 89 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

02 Jun 2020 | 16:25

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ހަތްވަނަ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި މިއަދު ހެނދުނު 06:20 ހާއިރު ނިޔާވެފައިވަނީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި އުމުރުން 89 އަހަރުގެ ދިވެހި އަންހެނެކެވެ.

މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ ތިން ބަންގްލަދޭޝްގެ ރައްޔިތުންނާއި، ހަތަރު ދިވެހިންނެވެ.

އެނގިފައިވާ ގޮތުގައި މިއީ ބަލީގެ ހާލަތު ސީރިއަސްވެގެން ފަރުވާދެމުންދިޔަ މީހެއް ނޫނެވެ. އަދި މި އަންހެންމީހާ ނިޔާވެފައިވަނީ ފެސިލިޓީގައި ހުއްޓާކަމަށްވެސް ވަނީ އެނގިފައެވެ.

Advertisement

ކޮމެންޓް