ކޮވިޑް-19 އަށް ދިވެހިރާއްޖެއިން 77 މީހަކު ޕޮޒިޓިވްވެއްޖެ

26 Jul 2020 | 14:22

ކޮވިޑް-19 އަށް ދިވެހިރާއްޖެއިން 77 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާރު ދިވެހިރާއްޖެއިން ޕޮޒިޓިވްވި ފަރާތްތަކުގެ ޖުމްލަ އަދަދު ވަނީ 3252 އަށް އަރާފައެވެ. މި ބައްޔަށް މިއަދު ޕޮޒިޓިވްވި 77 މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި، ބަންގްލަދޭޝްގެ 20 ރައްޔިތުންނާއި އިންޑިޔާގެ ރައްޔިތެކެވެ.

މިހާރު ދިވެހިރާއްޖޭގައި ހުރި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 688 އަށް އަރާފައެވެ.  އަދި ބަލިން ފަސޭހަވެފައިވަނީ ޖުމްލަ 2534 މީހުންނެވެ.

މި ބަލީގައި ދިވެހިރާއްޖެއިން 15 މީހަކު ވަނީ ނިޔާވެފައެވެ.

Advertisement

ކޮމެންޓް