އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް- ފޮޓޯ/ އެފްޑީސީ
އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް- ފޮޓޯ/ އެފްޑީސީ
ހަބަރު 18 Oct 2026 | 08:34

ދެ ފްލެޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެތައް ބަޔަކު ގުޅަން ފަށައިފި

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިންގ ފްލެޓުތަކުގެ ތެރެއިން ގަވާއިދުން ކުލި ނުދައްކާ ހުރި ދެ އެޕާޓްމަންޓެއްގެ އެއްބަސްވުން ބާތިލުކޮށް ހުސްކުރަން އެންގުމާ އެކު، ކުލި ދެއްކުމަށް އެދި އެތައް ބަޔަކު ގުޅަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދެ އެޕާޓްމަންޓެއް ހުސްކުރަން އެންގި ފަހުން ގިނަ އަދަދެއްގެ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ގުޅައި، ކުލި ދައްކަން ތައްޔާރަށް ތިބި ކަމަށް ބުނަމުން އަންނަ ކަމަށެވެ.

ހަމްދާން ވިދާޅުވިގޮތުގައި، ބަރާބަރަށް ކުލި ނުދައްކާ ހުރި ޔުނިޓުތަކުގެ އަދަދު ހުރީ 500 އިން ދަށުގައި ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ތިން މަސްދުވަހަށް ވުރެ ކުރު މުއްދަތެއްގެ ފައިސާ ނުދެއްކި ހުރި ފަރާތްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ވަރަށް ގިނަ ފަރާތްތަކުން ގުޅައި ރެންޓް ދައްކަން ތައްޔާރަށް ތިބި ކަމަށް ބުނަމުން އެބަދޭ،" ހަމްދާން ވިދާޅުވިއެވެ.

ހަމްދާން އިތުރަށް ވިދާޅުވީ، ކުލި ދެއްކުމަށް އެއްބަސްވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ އިންތިޒާމުތައް އެ ކޯޕަރޭޝަނުން ފަހިކޮށްދޭނެ ކަމަށެވެ.

”ކުލި ދައްކަން އެއްބަސްވާނަމަ، ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދޭނެ“ ހަމްދާން ޝަކީލް ވިދާޅުވިއެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓެއްގެ އެއްބަސްވުން ބާތިލުކޮށް، ތަން ހުސްކުރަން އެންގިކަން އެފްޑީސީން ހާމަކުރީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ 4000 ހައުސިންގ ޔުނިޓު ކުއްޔަށްދިނުމާއި މިލްކުކުރުމުގެ ކުރިން ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށްޓަކައި 135 ދުވަހުގެ ދިގު މުއްދަތެއް އެ ދެ ފަރާތަށް ދީފައިވާ ކަމަށް އެފްޑީސީން ބުނެއެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވައި، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ވަނީ ފޮނުވާފައެވެ. މި ނޯޓިސްތައް ފަހި ޕޯޓަލްގެ އިތުރުން އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވެސް ވަނީ ހަވާލުކޮށްފައެވެ.

ނަމަވެސް، ފައިސާ ދެއްކުމަށް ދިން އެކަށީގެންވާ ފުރުސަތުތައް ފަހަނައަޅައި ދިޔައިރު ވެސް ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުން ބާތިލުކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކޮށް ހަވާލުކުރުމަށް ވަނީ އަންގާފައެވެ. އަދި އެ ފަރާތްތަކުގެ ފަހި ޕޯޓަލް އެކައުންޓް އެކްސެސް ވެސް ވަނީ ކަނޑާލާފައެވެ.

އެފްޑީސީން ބުނީ މި ފިޔަވަޅުތަކަކީ އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އުސޫލުތައް ނެގެހެއްޓުމަށާއި، ދެފުށް ފެންނަ ގޮތެއްގައި ކަންކަން ތަންފީޒުކުރުމަށް އެޅި ފިޔަވަޅުތަކެއް ކަމަށެވެ. އަދި ޔުނިޓުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ގަވާއިދުން ކުއްޔާއި މެއިންޓެނަންސް ފީ ދެއްކުމަށް ހުރިހާ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލީ ރަމީޒުގެ ސުވާލެއް އިޙްސާނަށް؛ މަގުތަކުގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް ނެތްތޯ
18 Oct 2026 ހަބަރު

އަލީ ރަމީޒުގެ ސުވާލެއް އިޙްސާނަށް؛ މަގުތަކުގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް ނެތްތޯ

އާންމު މަގުތަކުގައި ހުތުރު އެއްޗެހި ގޮވައި، މައިންނާއި ކުޑަކުދިންނަށް އުނދަގޫކޮށް ބިރުވެރިކަން އުފައްދަމުންދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް މި ޤައުމުގައި ނެތްތޯ، މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒު، ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ސުވާލެއް އަމާޒުކޮށްފިއެވެ.

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ
18 Oct 2026 ހަބަރު

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ

މާލޭގައި، ހަދަމުންދާ އިމާރާތެއްގެ މަތިން މަގުމައްޗަށް ވެލި ބަސްތާއެއް ވެއްޓި، ހިނގި ނުރައްކާތެރި ހާދިސާއެއްގައި ސައިކަލެއްގައި ދިޔަ މީހަކު ކިރިޔާ ސަލާމަތްވެއްޖެއެވެ. މި ހާދިސާގައި އެ މީހާގެ ބޮލަށް ބަސްތާ ނުވެއްޓި ސަލާމަތްވީ ސިކުންތު ކޮޅެއްގެ ލަސްވުމަކުންނެވެ.

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި
18 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި

ހައްޔަރުކުރި މީހުންގެ ތެރޭގައި އއ. ރަސްދޫގެ ހަތް މީހަކާއި، ހދ. ކުމުންދޫގެ އަންހެނަކާއި، އއ. ތޮއްޑޫގެ މީހަކާއި، ބަންގްލަދޭޝްގެ ރައްޔިތެއް ހިމެނެއެވެ. މި މީހުންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުމާއި، ބޭނުންކުރުމާއި، އެ ތަކެތި ވިއްކުމުގެ ކުށުގައެވެ.

ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“
18 Oct 2026 ހަބަރު

ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“

ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް މީހުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި، ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު އެންމެ ފަހުން ހުއްޓާލައިފިއެވެ.

ފުލުހެއް ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މީހުންގެ ބަންދަށް އެންމެ 5 ދުވަސް
18 Oct 2026 ހަބަރު

ފުލުހެއް ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މީހުންގެ ބަންދަށް އެންމެ 5 ދުވަސް

ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފިއެވެ.

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ޕެންޝަން ފަންޑުގައި ހުރި ފައިސާގެ އަދަދު 60 ބިލިއަން ރުފިޔާއަށް އިތުރުކުރާނަން: ޔަޒްމީދު
18 Oct 2026 ހަބަރު

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ޕެންޝަން ފަންޑުގައި ހުރި ފައިސާގެ އަދަދު 60 ބިލިއަން ރުފިޔާއަށް އިތުރުކުރާނަން: ޔަޒްމީދު

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ބަލަހައްޓަމުންދާ ފައިސާގެ އަދަދު، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދެގުނަ ކުރައްވައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރައްވާނެކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު )ސީއީއޯ( ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް: ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި
18 Oct 2026 ހަބަރު

ހުޅުމާލޭގައި ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް: ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ހުޅުމާލޭގައި ކޮންޓްރޯލުން ނެއްޓިގެން ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ދޮޅު އަހަރު ވީއިރުވެސް އާންމު އުނދަގުލަކަށް ވީ މީހާގެ މައްސަލާގައި ހައްލެއް ނުލިބުނު
17 Oct 2026 ހަބަރު

ދޮޅު އަހަރު ވީއިރުވެސް އާންމު އުނދަގުލަކަށް ވީ މީހާގެ މައްސަލާގައި ހައްލެއް ނުލިބުނު

ސައީދު މިރޭ ބުނެފައިވަނީ ފުލުހުން އޭނަ ހައްޔަރުކުރިނަމަވެސް ހަޅުތާލު ކުރިއަށްގެންދާނޭކަމަށާއި، ބޭނުންވަނީ މި މައްސަލައަށް ދައިމީ ހައްލެއްކަމަށެވެ. މި މައްސަލާގައި ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާތާ ދޮޅުއަހަރުވެފައިވާކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.