ދިހަ އަހަރަށް ފަހު ޕާކިސްތާނަށް ވަޑައިގަންނަވާ ފުރަތަމަ ރައީސަކަށް ރައީސް މުޢިއްޒު
ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
މިއީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ދަތުރުފުޅު އޮންނާނީ މި މަހުގެ 20 އިން 22 އަށް ކަމަށެވެ.
މިއީ ދިވެހި ދައުލަތުގެ އިސްވެރިއަކު މިދިޔަ 10 އަހަރުތެރޭ ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ޕާކިސް ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ގައުމުގެ އިސްވެރީންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ދެ ގައުމުގެ ވެރީންގެ ބައްދަލްކުރެެއްވުންތަކާއި ގިނަ އަދަދެއްގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުން އޮންނާނެ އެވެ.
ރައީސްގެ މި ދަތުރުފުޅަށް ޕާކިސްތާނު ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ. އެހާ ދިގު މުއްދަތެއްގެ މެދުކެނޑުމަކަށް ފަހު އަވައްޓެރި ދިވެހީންގެ ރައީސަކު ޕާކިސްތާނަށް ވަޑައިގަތުމަކީ ވަރަށް ހާއްސަ އެހާމެ ތާރީހީ ކަމެއްގެ ގޮތުގައި އެ ގައުމުގެ މީޑިއާތަކުން ސިފަކޮށްފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް