ވެލިބަސްތާ ވެއްޓުނު ތަނާއި އެތަނަށް އައި ސައިކަލު-
ވެލިބަސްތާ ވެއްޓުނު ތަނާއި އެތަނަށް އައި ސައިކަލު-
ހަބަރު 18 Oct 2026 | 08:12

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ

މާލޭގައި، ހަދަމުންދާ އިމާރާތެއްގެ މަތިން މަގުމައްޗަށް ވެލި ބަސްތާއެއް ވެއްޓި، ހިނގި ނުރައްކާތެރި ހާދިސާއެއްގައި ސައިކަލެއްގައި ދިޔަ މީހަކު ކިރިޔާ ސަލާމަތްވެއްޖެއެވެ. މި ހާދިސާގައި އެ މީހާގެ ބޮލަށް ބަސްތާ ނުވެއްޓި ސަލާމަތްވީ ސިކުންތު ކޮޅެއްގެ ލަސްވުމަކުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ޗާންދަނީމަގު، ދަނބުގޯޅި ކަންމަތީގައި ކުރިން ހަބީބް ބޭންކް ހިންގި ބިމުގައި ހަދަމުންދާ އިމާރާތެއްގައެވެ. މި ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އިމާރާތުގެ މަތިން ވެއްޓުނު ބަރު ވެލި ބަސްތާ މަގުމައްޗަށް ޖެހުނުތާ ގާތްގަނޑަކަށް ދެ ސިކުންތު ތެރޭ އެތަނަށް ސައިކަލެއް އާދެއެވެ. ސައިކަލު ދުއްވަން އިން މީހާ އަވަހަށް ސައިކަލު މަޑުކޮށްލުމުގެ ސަބަބުން، ވެލި ބަސްތާ އޭނާގެ ގައިގައި ނުޖެހި ވަނީ ކިރިޔާ ސަލާމަތްވެފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، ޗާންދަނީމަގުގައި ހަދަމުންދާ އިމާރާތެއްގެ މަތިން މަގުމައްޗަށް ވެލިބަސްތާއެއް ވެއްޓުނު ހާދިސާއެއް ރިޕޯޓްކޮށްފައިވަނީ ރޭ 20:48 އެހައިކަންހާއިރުއެވެ.

ފުލުހުން އެ ސަރަޙައްދަށް ގޮސް ބެލިބެލުމުން، މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ އެ އިމާރާތުގެ 9 ވަނަ ފަންގިފިލާގައި ބަރިއަކަށް ޖަހާފައި ހުރި ބަސްތާތަކަކުން ބަސްތާއެއް ނަގަން އުޅުމުގެ ތެރޭގައި އެ ބަރި އަރިއަޅާލައި، ސޭފްޓީ ދާގަނޑު ފަޅައިގެން ދިއުމުގެ ސަބަބުންކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިހާރު ބަލަމުން އަންނަ ކަމަށެވެ.

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ސަލާމަތީ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ނޭޅުމުގެ ސަބަބުން މިފަދަ ނުރައްކާތެރި ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދެ ފްލެޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެތައް ބަޔަކު ގުޅަން ފަށައިފި
18 Oct 2026 ހަބަރު

ދެ ފްލެޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެތައް ބަޔަކު ގުޅަން ފަށައިފި

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިންގ ފްލެޓުތަކުގެ ތެރެއިން ގަވާއިދުން ކުލި ނުދައްކާ ހުރި ދެ އެޕާޓްމަންޓެއްގެ އެއްބަސްވުން ބާތިލުކޮށް ހުސްކުރަން އެންގުމާ އެކު، ކުލި ދެއްކުމަށް އެދި އެތައް ބަޔަކު ގުޅަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( އިން ހާމަކޮށްފިއެވެ.

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި
18 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި

ހައްޔަރުކުރި މީހުންގެ ތެރޭގައި އއ. ރަސްދޫގެ ހަތް މީހަކާއި، ހދ. ކުމުންދޫގެ އަންހެނަކާއި، އއ. ތޮއްޑޫގެ މީހަކާއި، ބަންގްލަދޭޝްގެ ރައްޔިތެއް ހިމެނެއެވެ. މި މީހުންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުމާއި، ބޭނުންކުރުމާއި، އެ ތަކެތި ވިއްކުމުގެ ކުށުގައެވެ.

ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“
18 Oct 2026 ހަބަރު

ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“

ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް މީހުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި، ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު އެންމެ ފަހުން ހުއްޓާލައިފިއެވެ.

ފުލުހެއް ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މީހުންގެ ބަންދަށް އެންމެ 5 ދުވަސް
18 Oct 2026 ހަބަރު

ފުލުހެއް ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މީހުންގެ ބަންދަށް އެންމެ 5 ދުވަސް

ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފިއެވެ.

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ޕެންޝަން ފަންޑުގައި ހުރި ފައިސާގެ އަދަދު 60 ބިލިއަން ރުފިޔާއަށް އިތުރުކުރާނަން: ޔަޒްމީދު
18 Oct 2026 ހަބަރު

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ޕެންޝަން ފަންޑުގައި ހުރި ފައިސާގެ އަދަދު 60 ބިލިއަން ރުފިޔާއަށް އިތުރުކުރާނަން: ޔަޒްމީދު

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ބަލަހައްޓަމުންދާ ފައިސާގެ އަދަދު، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދެގުނަ ކުރައްވައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރައްވާނެކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު )ސީއީއޯ( ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް: ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި
18 Oct 2026 ހަބަރު

ހުޅުމާލޭގައި ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް: ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ހުޅުމާލޭގައި ކޮންޓްރޯލުން ނެއްޓިގެން ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ދޮޅު އަހަރު ވީއިރުވެސް އާންމު އުނދަގުލަކަށް ވީ މީހާގެ މައްސަލާގައި ހައްލެއް ނުލިބުނު
17 Oct 2026 ހަބަރު

ދޮޅު އަހަރު ވީއިރުވެސް އާންމު އުނދަގުލަކަށް ވީ މީހާގެ މައްސަލާގައި ހައްލެއް ނުލިބުނު

ސައީދު މިރޭ ބުނެފައިވަނީ ފުލުހުން އޭނަ ހައްޔަރުކުރިނަމަވެސް ހަޅުތާލު ކުރިއަށްގެންދާނޭކަމަށާއި، ބޭނުންވަނީ މި މައްސަލައަށް ދައިމީ ހައްލެއްކަމަށެވެ. މި މައްސަލާގައި ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާތާ ދޮޅުއަހަރުވެފައިވާކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

ޑްރަގް ކެފޭއެއް ހިންގި އެޕާޓްމެންޓުން ހައްޔަރުކުރި ހަ މީހުން 30 ދުވަހަށް ބަންދުކޮށްފި
17 Oct 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގި އެޕާޓްމެންޓުން ހައްޔަރުކުރި ހަ މީހުން 30 ދުވަހަށް ބަންދުކޮށްފި

ތުހުމަތުގައި ކޯޓަށް ގެންދިޔަ މީހުން ބުނެފައިވަނީ، އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗާ އެމީހުންނަށް އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ކުރެވިފައިވާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށެވެ. ނަމަވެސް ފުލުހުން ހުށަހެޅި ހެކިތައް ބަލައި، ހަ މީހުން ވެސް 30 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެއެވެ.