ތަކުރާރުކޮށް އާއްމުންނަށް ގޯނާކޮށް، އުނދަގޫ ކުރާ މީހާ 15 ދުވަހަށް ބަންދުކޮށްފި
ތަކުރާރުކޮށް މީހުންނަށް ގޯނާކޮށް، ބިރުދައްކައި، އުނދަގޫތައް ކުރަމުންދާ މައްސަލާގައި އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަހްމަދު ފައިރިޝް ނަމަކަށް ކިޔާ ހއ. ހޯރަފުށީ މީހެކެވެ.
އެ މީހާ ހައްޔަރުކޮށްފައި ވަނީ އޭނާއާ ހެދި އާއިލާ އާއި އަވަށްޓެރިންނަށްވެސް އުނދަގޫވެ، އެކަމަށް އެދެވޭ އެއްވެސް ހައްލެއް ނުލިބޭތީ، ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނެސް، ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބެންދެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ދަނިކޮށެވެ.
ހައްޔަރުކުރި މީހާގެ ބަންދު އަމުރުގައިވާގޮތުން އޭނާ ތުހުމަތަށް އިންކާރުކުރެއެވެ. އަދި އޭނާއަކީ ބަންދުގެ ލޮގް އޮތް ފަރާތެއް ކަމަަށްވެސް އަމުރުގައިވެެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް