05 Jul 2023
ކޮމިއުނިޓީ ފަންޑުގެ އެހީގައި އައުޓްޑޯ ރީޑިންގ ޕާކެއް ގާއިމްކޮށްފި
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް އައުޓްޑޯ ރީޑިންގ ޕާކެއް ގާއިމްކޮށްފިއެވެ.
24 Jun 2023
"އޭޓީއެމްއަށް ގެއްލުންވީީ ކަސްޓަމަރު ގަސްދުގައި ކުރިކަމަކުން ނޫން"
ބޭންކް އޮފް މޯލްޑިވްސް އިން އައިޖީއެމްއެޗް ގައި ބަހައްޓާފައިވާ އޭޓީއެމް ސެންޓަރގައި ހުރި އޭޓީއެމްތަކުގެ ތެރެއިން އެއް އޭޓީއެމްއަކަށް ގެއްލުންވީީ ކަސްޓަމަރު ގަސްދުގައި ކުރިކަމަކުން ނޫން ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
24 Jun 2023
އައިޖީއެމްއެޗްގެ އޭޓީއެމް މެޝިނެއް ފަޅާލައިފި
އައިޖީއެމްއެޗް ކައިރީގައި ހުންނަ ބީއެމްއެލްގެ އޭޓީއެމް ސެންޓަރުގެ ތެރޭގައި ހުރި އޭޓީއެމް މެޝިންއެއް ފަޅާލައިފިއެވެ.
19 Jun 2023
ޢީދު ބަންދުގެ އެއް ދުވަހު ބޭންކު ހުޅުވާނެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމާފައިވާ ގޮތަށް، އަޟްޙާ އީދާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގެ ތެރެއިން އެއްދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނެ ކަމަށް އެ ބެންކުން ބުނެފިއެވެ.
18 Jun 2023
އަލަށް ފަށާ ވިޔަފާރިތަކަށް ބީއެމްއެލްއިން ދޭ ހިލޭ އެހީއަށް އެދި ހުށަހެޅުން ޖުލައި 2 އާ ހަމައަށް!
އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ދޭ ހިލޭ އެހީ އަށް އެދިހުށަހެޅުމުގެ ފުރުސަތު 2 ޖުލައި 2023 ވަނަ ދުވަހުގެ ރޭ 12:00 އަށް ހަމަވާނެ ކަމަށް އެ ބޭންކުން ހަނދާންކޮށްދީފިއެވެ.
11 Jun 2023
ބީއެމްއެލް ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު
ބޭންކް އޮފް މޯލްޑިވްސް އިން މިއަހަރުގެ ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
10 Jun 2023
ބީއެމްއެލް އިސްލާމިކް ފައިނޭންސިންގ އަށް ހުށަހަޅައިގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު!
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނަށް އައު ޕްރޮމޯޝަން އެއް މިއަދު ފަށައިފިއެވެ.
07 Jun 2023
ބީއެމްއެލް އިން 'ކިލް ސްވިޗް' ތައާރަފްކޮށްފި
ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުއްލި ހާލަތްތަކުގައި އިންޓަރނެޓް ބޭންކިންގ އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް' ތައާރަފްކޮށްފިއެވެ.