މރ މޯގަން
ވިޔަފާރި
02 Aug 2023 | 09:00
ބީއެމްއެލްގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމަށް މރ. މޯގަން

ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމަށް މރ. މޯގަން ބީންލޭންޑް ހަމަޖައްސައިފިއެވެ.

މޯގަން އަކީ ބޭންކިންގ، ބިޒްނަސް އޮޕަރޭޝަންސް އެންޑް ޗޭންޖް މެނޭޖްމަންޓްގެ ދާއިރާއިން 22 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މޯގަން ވަނީ ލޮއިޑްސް ބޭންކިންގ ގްރޫޕް، ޔޫކޭ ގައި ގިނަ މަގާމުތަކެއް އަދާކުރައްވާފައެވެ.

މިގޮތުން ހެޑް އޮފް މާކެޓްސް އޮޕަރޭޝަންސް، ހެޑް އޮފް ޓެލެފޯނީ އެންޑް ރިޓެންޝަން، ހެޑް އޮފް ކޯޕަރޭޓް ބޭންކިންގ ގްއާރންސޭ އަދި ސީނިއަރ ވައިސް ޕްރެޒިޑެންޓް، ފައިނޭންޝަލް އިންސްޓިޓިއުޝަންސް ނޯތު އެމެރިކާ ފަދަ މަގާމުތައް އަދާކުރައްވާފައިވެއެވެ.

މޯގަން އެންމެ ފަހުން މަސައްކަތްކުރައްވާފައިވަނީ ޔޫކޭގެ ކެޕްކޯގައި މެނޭޖިންގ ޕްރިންސިޕަލްގެ މަގާމެވެ. މި މަގާމުގައި އޭނާ ވަނީ ޔޫކޭ ބޭންކިންގ އެންޑް ޕޭމަންޓް ޕްރެކްޓިސްގައި ހިމެނޭ  ޓްރާންސްފޮމޭޝަން ޑެލިވަރީ، ކްލައެންޓް ރިލޭޝަންޝިޕް މެނޭޖްމަންޓް، އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ އިސްދައުރެއް އަދާކުރައްވާފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ މޯގަން އަކީ މަސައްކަތްތައް ބަރާބަރަށް ޑެލިވަރކުރުމުގެ ވަރަށް ރަނގަޅު ޓްރެކް ރިކޯޑެއް އޮތް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާ ހޯއްދަވާފައިވާ އެގްޒެކެޓިވް ބޭފުޅެއް ކަމަށެވެ.

"ބޭންކަރއެއް އަދި އޮޕަރޭޝަންސް ޑިރެކްޓަރއެއް. މޯގަންގެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންގެ އޮޕަރޭޝަނަލް ޕްރޮސެސްތައް ހަރުދަނާކުރެވި، ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ. މި މަގާމުގައި އޭނާ އަށް ކާމިޔާބަށް އެދެން." ކާރލް ސްޓުމްކަ ވިދާޅުވިއެވެ. 

މޯގަން ވަނީ ޔުނިވަރސިޓީ އޮފް ސައުތުހެމްޓަން އިން ބެޗަރލާސް އޮފް ސައިންސް އަދި ނޮޓިންގްހަމް ބިޒްނަސް ސްކޫލުން މެނޭޖްމަންޓް ސްޓަޑީސް އިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލް ކުރައްވާފައެވެ. މޯގަން އަކީ އިންޓަރނޭޝަނަލް ޓްރެޝަރީ މެނޭޖްމަންޓް އިން އެސޯސިއޭޝަން އޮފް ކޯޕަރޭޓް ޓްރެޝަރާސް ސަރޓިފިކޭޓް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ