ބީއެމްއެލް ސްޓާފް އެވޯޑު ގެ ތެރެއިން-- ފޮޓޯ/ ބީއެމްއެލް
ވިޔަފާރި
26 Aug 2023 | 23:31
ބީއެމްއެލްގެ އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް މިރޭ އެވޯޑް ދީފިއެވެ.

މި ހަފްލާގައި އެވޯޑް ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.

• އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް- ހުޒާތު ޢަލީ (ހެޑް އޮފް ކަސްޓަމަރ ޕޭމަންޓްސް އެންޑް ސެޓަލްމަންޓް) 

• ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް- މާކެޓިންގ ޓީމާއި ބަދުރުއްދީން ޙަސަން (ހެޑް އޮފް ރީޓެއިލް ބޭންކިންގ އެންޑް ކާރޑްސް) 

• ބެސްޓް ލީޑަރ އެވޯޑް- ފާތިމަތު ޙަލީމް (ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސް) 

• ބޭސްޓް މެނޭޖަރ އެވޯޑް- މުޙައްމަދު ޝާޢިގް އަޙްމަދު (ކަސްޓަމަރ ސަރވިސް މެނޭޖަރ) 

މީގެ އިތުރުން މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ ފަރާތްތަކާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން ވަނީ އެވޯޑް ދީފައެވެ. މީގެ ތެރެއިން ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ކަސްޓަމަރ ސަރވިސް ސްޓަރ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެއެވެ.  

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ފާއިތުވި އަހަރު މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓްރެޓަޖީގައި އިސްކަންދޭ ތިން އަމާޒުކަމުގައިވާ ކަސްޓަމަރުންނަށް އިންސާފުން މުއާމަލާތްކުރުމަށާއި ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ހިންގުމަށް މިވަނީ ގާބިލް، މަސައްކަތަށް އިސްކަންދޭ އަދި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިދުމަތްދޭ މުވައްޒަފުންގެ ޓީމެއް ގާއިމްކުރެވިފަ. އަދި އަޅުގަނޑުމެން އަހުމިއްޔަތުކަމެއްދޭ އެއްކަމަކީ މުވައްޒަފުން ދެމެހެއްޓުމާއި ބޭންކަކީ މަސައްކަތްކުރަން އެންމެ ރަނގަޅު އެއް ތަނަށް ހެދުމަށް." 

ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ 

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އަދި މީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ