އިތާ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025
25 Aug 2025
މާމުނަގައު ބަލިކޮށް ރާޔާ އިން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައި
ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ގުރޫޕް އޭގައި ރޭ ކުޅުނު ދެވަނަ މެޗުގައި ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މާމުނަގައު ބަލިކޮށް ރާޔާ އިން މުބާރާތް ނިންމާލީ މޮޅަކާއެކުގައެވެ.
25 Aug 2025
ސީދާ ތިން ސެޓުން މީދުއްޕަރު ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޑަފުށި ސެމީފައިނަލް ޔަގީންކޮށްފި
ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ގުރޫޕް އޭގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަަމާއެކު ސީދާ ތިން ސެޓުން މީދުއްޕަރު ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޑަފުށި މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
24 Aug 2025
ރީތިފަރު ބަލިކޮށް ޖޯލި މޯލްޑިވްސް ގުރޫޕްގެ ދެވަނައަށް
ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ގުރޫޕް އޭގައި ރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަަމާއެކު ސީދާ ތިން ސެޓުން ރީތިފަރު މޯލްޑިވްސް ބަލިކޮށް ޖޯލި މޯލްޑިވްސް އިން ގުރޫޕްގެ ދެވަނައަށް ކުރިއަށްޖެހިލައިފިއެވެ.
24 Aug 2025
ސީދާ ތިން ސެޓުން ދިގަލި ބަލިކޮށް އާރަށުން ސެމީފައިނަލުން ޖާގައެއް ޔަގީންކޮށްފި
ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ގުރޫޕް އޭގައި ރޭ ކުޅުނު ފުރަތަަމަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ދިގަލި މޯލްޑިވްސް ބަލިކޮށް އާރަށުން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ޔަގީންކޮށްފިއެވެ.
23 Aug 2025
ތަފާތު މޮޅު ކުޅުމަކާއެކު މާމުނަގައު ބަލިކޮށް ޗެންޕިއަން ޖޯލިން ބާކީ އެއްމެޗު އޮއްވައި ސެމީ ޔަގީންކޮށްފި
ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ގުރޫޕް ބީގައި ރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މާމުނަގައު ބަލިކޮށް އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބީއިންގ، ބާކީ އެއްމެޗު އޮއްވައި ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
23 Aug 2025
ފަހަތުން އަރައި ކުޑަފުށި ބަލިކޮށް ކޯރާ ކޯރާ އިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި
ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ގުރޫޕް އޭގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ކުޑަފުށި ބަލިކޮށް ކޯރާ ކޯރާ މޯލްޑިވްސް އިން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
22 Aug 2025
ޖަޔަސޫރިޔާގެ މޮޅު ކުޅުމާއެކު ރީތިފަރު އަތުން މީދުއްޕަރަށް ފަސޭހަ މޮޅެއް
ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ގުރޫޕް އޭގައި ރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ރީތިފަރު ބަލިކޮށް މީދުއްޕަރުން މުބާރާތުގެ ފުރަތަަމަ މޮޅު ހޯދައިފިއެވެ.
22 Aug 2025
ފަސް ސެޓަށް ކުޅެ އާރަށުން ރާޔާ ބަލިކޮށްފި
ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ގުރޫޕް އޭގައި ރޭ ކުޅުނު ފުރަތަަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ރާޔާ ބަލިކޮށް އާރަށް ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.