ޖޯލި މޯލްޑިވްސް އާއި ރީތިފަރު ވާދަކުރި މެޗުގެ ތެރެއިން..
ކުޅިވަރު
24 Aug 2025 | 16:53
ރީތިފަރު ބަލިކޮށް ޖޯލި މޯލްޑިވްސް ގުރޫޕްގެ ދެވަނައަށް

ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ގުރޫޕް އޭގައި ރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަަމާއެކު ސީދާ ތިން ސެޓުން ރީތިފަރު މޯލްޑިވްސް ބަލިކޮށް ޖޯލި މޯލްޑިވްސް އިން ގުރޫޕްގެ ދެވަނައަށް ކުރިއަށްޖެހިލައިފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޖޯލި މޯލްޑިވްސް ކުޅުނު ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން މީދުއްޕަރު އަތުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ކުޑަފުށި އަތުން އެޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.

ނަމަވެސް އެޓީމުގެ ތިންވަނަ މެޗުގައި ޖޯލި މޯލްޑިވްސް އިން ވަނީ ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުން ކޯރާ ކޯރާ މޯލްޑިވްސް ބަލިކޮށްފައެވެ. އަދި ރީތިފަރުން ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ތިން މެޗުގައި ކޯރާ ކޯރާ މޯލްޑިވްސް، ކުޑަފުށި އަދި މީދުއްޕަރު އަތުން ވެސް އެޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.

ޖޯލި މޯލްޑިވްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ސެޓްތައް އެޓީމުން ކާމިޔާބުކުރީ 19-25، 20-25 އަދި 16-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ ސައީދު މޫސާ އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ޖޯލި މޯލްޑިވްސްއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ރީތިފަރު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިވާއިރު، އެޓީމުން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.

15 އޮގަސްޓް 2025 އިން 29 އޮގަސްޓް 2025 ގެ ނިޔަލަށް، ރ.މީދޫގައި ކުރިއަށްދާ މިއަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ގުރޫޕް އޭގައި ޖޯލި މޯލްޑިވްސް، ކޯރާ ކޯރާ މޯލްޑިވްސް، މީދުއްޕަރު، ރީތިފަރު ރިސޯޓްގެ އިތުރުން ކުޑަފުށި ހިމެނޭއިރު، ގުރޫޕް ބީގައި ހިމެނެނީ ރާޔާ، ޖޯލި ބީއިންގ، ހެރިޓެންސް އާރަށް، މާމުނަގައު އަދި ދިގަލި މޯލްޑިވްސް އެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
18 Sep 2026
އެޗްއައިވީ ފެތުރުން އިތުރުވެ ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ.
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.