-
ހަބަރު
18 Sep 2026 | 10:04
ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ދިފާޢީ ދާއިރާއިން ޤާބިލުކަން އިތުރުކުރަން އެހީވާނެ ކަމުގެ ޔަގީންކަން އިނގިރޭސިވިލާތުންދީފި

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދާއި، އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ޑިރެކްޓަރ ފޮރ ސައުތު އޭޝިއާ އެންޑް އަފްޣާނިސްތާން، ލޯރާ ބޯފިލްސް އެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އަދި ޤައުމީ ސަލާމަތާ ގުޅުންހުރި ކަންކަމަށެވެ. އެގޮތުން، ރާއްޖޭގެ ދިފާޢީ ބާރުތަކާއި ފުލުހުންގެ ޤާބިލުކަން އިތުރުކުރުމަށް ފަންނީ އެހީތެރިކަމާއި ތަމްރީނު ދިނުމުގައި އިނގިރޭސިވިލާތުގެ އެއްބާރުލުން ކުރިއަށް އޮތް ތަނުގައިވެސް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެ ޤައުމުން ވަނީ ދީފައެވެ.

މީގެއިތުރުން، އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކުރެވުނެވެ. ޚާއްޞަކޮށް، 20 މޭ 2026 އިން ފެށިގެން 31 ޑިސެމްބަރ 2028 ގެ ނިޔަލަށް ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކުން ޓެރިފް ކަނޑާލުމަށް ނިންމާފައިވާ ނިންމުމަށް ދިވެހި ސަރުކާރުން ވަނީ މަރުޙަބާ ކިޔާފައެވެ. އަދި ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، މާލީ ޚިދުމަތްތައް ފުޅާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. އެގޮތުން 2025 ވަނަ އަހަރު އިނގިރޭސިވިލާތުން 200،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރެވުނެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިން، ކޮޕް31 ބައްދަލުވުމުގެ ކުރިން ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށާއި، ތަޢުލީމީ ދާއިރާއިން ޗީވްނިންގ އަދި ކޮމަންވެލްތު ސްކޮލަރޝިޕް މެދުވެރިކޮށް ދިވެހިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ. ހަމައެއާއެކު ޝަރުޢީ ދާއިރާ އިޞްލާޙުކުރުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ ދާއިރާއިންވެސް ދެޤައުމުން އެކުގައި މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

މި މަޝްވަރާތައް ނިންމާލާފައިވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އަހަރަކު އެއްފަހަރު މިފަދަ ސްޓްރެޓީޖިކް ޑައިލޮގްތައް ކުރިއަށް ގެންދިއުމުގެ އަޒުމު އައުކުރަމުންނެވެ.

ކޮމެންޓް
ކޮބާއެމީހުން
މި ބައްދަލުވުމުގައި ދެ ގައުމުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނާހަމަތެދެއް؟ ފޮޓޯއަކުން ގައިމު ނުފެނޭ. ކޮބައިބާ ތި ބުނާ ދެ ގައުމުގެ އިސްވެރިންނަކީ؟
18 Sep 2026
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.