މަންމައަކު ދަރިފުޅު ގޮވައިގެން-
ލައިފްސްޓައިލް
18 Sep 2026 | 08:46
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިން ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟

ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.

އޮންލައިން ފޯރަމްތަކުގައި ބެލެނިވެރިކަމުގެ ބުރަކަމާ ގުޅޭގޮތުން ކުރެވޭ ސުވާލުތަކުގެ ޖަވާބުގައި އެއީ "ނިމުމެއްނެތް، ވަރަށް ބޮޑު ވަރުބަލިކަމެއް" ކަމުގައި ބުނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ޒަމާނީ މައިންބަފައިން މިހާ ބޮޑަށް ވަރުބަލިވަނީ ހަމައެކަނި ނިދާ ވަގުތު މަދުވެގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، މުޖުތަމައުގެ އެހީތެރިކަމެއް ނެތި އެކަނިމާއެކަނި ކުދިން ބެލުމާއި، ވަޒީފާގެ ބުރަކަމާއެކު ދަރިން ބެލެހެއްޓުމުގެ "ޑަބަލް ޝިފްޓް" އަދާކުރަން ޖެހުމަކީ މައިގަނޑު ސަބަބެކެވެ.

ޖަރުމަނާއި އެމެރިކާ އަދި ފްރާންސް ފަދަ ގައުމުތަކުގައި ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ކުދިން ތިބޭ މީހުންނާއި ކުދިން ނެތް މީހުން ނިދާ ވަގުތުގެ މާ ބޮޑު ފަރަގެއް ނުހުރެއެވެ. ގިނަ ބެލެނިވެރިން ރެޔަކު 7 އާއި 8 ގަޑިއިރާ ދެމެދުގެ ވަގުތެއް ނިދުމުގައި ހޭދަކުރެއެވެ. މިއީ އިހުގެ މީހުން ނިދާ މިންވަރާ ދާދި އެއްވަރެކެވެ. ނަމަވެސް ތަފާތަކީ، އިހުގެ ވައްޓަފާޅިއަށް އުޅޭ މީހުން އެމީހުންގެ ނިންޖާމެދު ހިތްހަމަޖެހޭއިރު، ޒަމާނީ މައިންބަފައިންނަށް ނިދި ހަމަނުވާކަމުގެ އިހުސާސް ބޮޑުވުމެވެ.

މި ތަފާތު އަންނަ މައިގަނޑު ސަބަބުތައް

ނިދުމާމެދު ދެކޭގޮތް: ޒަމާނީ ވިސްނުމަކީ އެއްވެސް ހުރަހެއްނެތި މެދުނުކެނޑި އެއްފަހަރާ ގިނަ ގަޑިއިރުތަކެއްގައި ނިދުމެވެ. ނަމަވެސް، އިހުގެ މީހުން ދެކޭގޮތުގައި ދޭތެރެ ދޭތެރެއިން ހޭލެވުމަކީ މައްސަލައެއް ނޫނެވެ. އަދި އޮފީސް ގަޑިތަކަށް ފެތެން ނުޖެހޭތީ އެމީހުންގެ ނިދީގެ ސްޓްރެސް ކުޑައެވެ.

ކައިރީގައި ބާއްވައިގެން ގާތުންދިނުން: ޓެންޒޭނިއާގެ ބައެއް ހިސާބުތަކުގައި މައިން ނިދަނީ ތުއްތުދަރިފުޅު ކައިރީގައި ބާއްވައިގެންނެވެ. މީގެ ސަބަބުން މައިމީހާ އެއްކޮށް ހޭނުލައި، ފަސޭހައިން އަލުން ނިދި ލިބެއެވެ. އަދި ގާތުންދިނުމުން ދޫކުރާ ހޯމޯންތަކުގެ ސަބަބުން ނިދި ފަސޭހަވެއެވެ. އޭގެ ބަދަލުގައި ޒަމާނީ އުސޫލުތަކުގައި ވަކިން ބޭއްވުމާއި، ގަޑި ބެލުމާއި، ފޯނު ބެލުން ފަދަ ކަންކަމުގެ ސަބަބުން މައިމީހާގެ ސިކުނޑި މާބޮޑަށް ހޭލައްވާލައެވެ.

އެހީތެރިކަމުގެ ވިއުގަ: އިހުޒަމާނުގައި ދަރިން ބަލަހައްޓަމުން އައީ މުޅި އާއިލާއާއި މުޖުތަމައު ގުޅިގެންނެވެ. މާމައިންނާއި އަވަށްޓެރިންގެ އެހީތެރިކަން ލިބުމުން މައިންބަފައިންގެ ވަރުބަލިކަން ކުޑަވެއެވެ. ނަމަވެސް މިއަދު މި އެހީތެރިކަން ވަނީ ބޮޑުތަނުން ނެތިގޮސްފައެވެ.

ޒަމާނީ މައިންބަފައިން ވަރުބަލިވަނީ ހަމައެކަނި ލިބޭ ނިދީގެ ވަގުތު މަދުވެގެންނެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ސްޓްރެސްއާއި، މުޖުތަމައުގެ އެހީތެރިކަން ކުޑަވުމާއި، އަދި ނިދުމާމެދު ގެންގުޅޭ ހަރުކަށި ވިސްނުންތަކުގެ ނަތީޖާއެކެވެ. ބެލެނިވެރިކަމުގެ ކުރީކޮޅު ނިދި މަދުވުމަކީ އިންސާނީ ތަބީއަތުގެ ބައެއްކަން ދަނެ، ނިދުމުގެ އާދަތަކަށް ލުއިފަސޭހަ ވިސްނުމެއް ގެންގުޅުމަކީ މައިންބަފައިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކޮންމެހެން މުހިންމު ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.