ފިޖީގެ އެމްބިޔުލާންސް-
ދުނިޔެ
18 Sep 2026 | 11:53
އެޗްއައިވީ ފެތުރުން އިންތިހާއަށް އިތުރުވުމާ ގުޅިގެން ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި

ޕެސިފިކް ކަނޑުގެ ކުޑަ ޖަޒީރާ ޤައުމެއް ކަމަށްވާ ފީޖީގައި އެޗްއައިވީ ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން ދިޔުމާ ގުޅިގެން، އެ ޤައުމުގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފިއެވެ.

މިއާއެކު، ބަލި ދެނެގަތުމަށް ޓެސްޓުކުރުމާއި، ފަރުވާ ދިނުމުގެ އިތުރުން ރައްކާތެރިކަމުގެ ޚިދުމަތްތައް ފުޅާކުރުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ފަށާފައެވެ.

އާބާދީގައި އެއް މިލިއަނަށް ވުރެ މަދު މީހުން ދިރިއުޅޭ ފީޖީގެ ބޮޑެތި މީހުންގެ ތެރެއިން ކޮންމެ 60 މީހަކުން އެކަކީ މިހާރު މި ވައިރަސް ހަށިގަނޑުގައި ހުރި މީހެކެވެ. މިއީ މީގެ ފަސް އަހަރު ކުރިން ކޮންމެ 167 މީހަކުން އެކަކަށް ބަލި ޖެހިފައި ހުރި ނިސްބަތާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މީގެއިތުރުން، މި ބަލީގެ ސަބަބުން ދިމާވާ އެކި ކޮމްޕްލިކޭޝަންތަކުގައި މަރުވާ ޅަކުދިން އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

ފީޖީގެ ހެލްތު މިނިސްޓަރު އެންޓޯނިއޯ ލަލަބަލަވޫ ވިދާޅުވި ގޮތުގައި، ހަމައެކަނި 2025 ވަނަ އަހަރުގެ ތެރޭގައިވެސް އަލަށް 2،016 މީހަކަށް އެޗްއައިވީ ޖެހިފައިވާކަން ވަނީ ދެނެގަނެވިފައެވެ. އަދި މިހާރު އޮތް ޙާލަތަކީ އާދައިގެ ގޮތަކަށް ބަލިމަޑުކަމަކާ ދެކޮޅަށް މަސައްކަތްކޮށްގެން ހައްލުވާން އޮތް ޙާލަތެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ. "ބްލޫޓޫތިންގ" އަކީ މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުވެފައި ހުންނަ މީހެއްގެ ހަށިގަނޑުން ލޭ ނަގައި، އެހެން މީހެއްގެ ހަށިގަނޑަށް ޖަހައިގެން މަސްތުވުމަށް ކުރާ ނުރައްކާތެރި ކަމެކެވެ. މިއީ އަގުހެޔޮކޮށް މަސްތުވުމަށާއި، ފީޖީގައި ސިރިންޖު ލިބުން ދަތިވުމުގެ ސަބަބުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުން ކުރަމުން އަންނަ ކަމެކެވެ.

މި ކާރިސާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން ފީޖީ ސަރުކާރުން ވަނީ ސާފު ސިރިންޖާއި ތޫނު ކަށި ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ތަޢާރަފުކުރުމަށް ނިންމާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން، ލަދުވެތިކަމާއި ބިރުވެރިކަން އެއްކައިރިކޮށް، ގިނަބަޔަކު ޓެސްޓު ކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ޔޫއެންއެއިޑްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2025 ވަނަ އަހަރު ފީޖީގައި އެޗްއައިވީ ޖެހިފައިވާ 9،100 އެއްހާ މީހުންގެ ތެރެއިން ބަލި ހުރިކަން އެނގެނީ އެންމެ 39 އިންސައްތަ މީހުންނަށެވެ. އަދި ފަރުވާ ހޯދަމުން ދަނީ އެންމެ 22 އިންސައްތަ މީހުންނެވެ. މިއީ ދުނިޔޭގެ އެވްރެޖް ކަމަށްވާ 78 އިންސައްތައާ އަޅާބަލާއިރު ވަރަށް ދަށް އަދަދެކެވެ.

ފީޖީގެ ނޭޝަނަލް އެޗްއައިވީ ރެސްޕޮންސް ޓާސްކްފޯސްގެ އިސްވެރިޔާ ޖޭސަން މިޗެލް ވިދާޅުވީ، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ފަސް އަހަރަށް ވުރެ ގިނަ ދުވަސް ނަގާނެ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން އެ ޤައުމުގެ ޞިއްޙީ ނިޒާމަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފީޖީން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރި ކުރުމަށް ޔޫއެންއެއިޑްސް އިން ވަނީ މަރުޙަބާ ކިޔާފައެވެ. އެ ޖަމާޢަތުގެ އެގްޒެކެޓިވް ޑިރެކްޓަރު ވިނީ ބިޔާނިމާ ވިދާޅުވީ، މިއީ އެއިޑްސް ބަލި އަދިވެސް ނުނިމޭކަން ދުނިޔެއަށް ހަނދާންކޮށްދޭ އަދި ކުއްލި ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ މުހިންމު ދަނޑިވަޅެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.