އަހުމަދު ހަމީދު އާދަމް
ސްޓާފް ރައިޓަރ
އަހުމަދު ހަމީދު އާދަމް
27 May 2025
ހަނދު ފެނިއްޖެ: ހައްޖު ދުވަހަކީ ޖޫން ފަހެއް، އީދު ވާނީ ހަޔަކަށް
ހައްޖު ދުވަހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި އަލްހާ އީދު ދުވަހަކީ ހަ ވަނަ ދުވަހެވެ.
27 May 2025
ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން ނެގުން: ޖޭއެސްސީގެ ހޮވުމަކީ ސަލީމާއި ހަމީދު
އިންޓަވިއު ކުރުމަށް ފަހު ޖޭއެސްސީން އެންމެ މަތީން މާކުސް ދީފައި ވަނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ.
27 May 2025
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ހުޅުވާލައިފި
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ރޭންކުން މަތީ ރޭންކުތަކުގެ އޮފިސަރުންނަށެވެ.
26 May 2025
ދިވެހި ހައްޖުވެރީން ދަތުރުކުރާނީ ހައިސްޕީޑް ޓްރެއިންގައި، 10 ގަޑިއިރުގެ ދަތުރު ދެ ގަޑިއިރަށް
"މިއާއެކު ދަތުރުގެ ވަގުތު 2 ގަޑިއިރަށް ކުޑަވެގެންދާނެ އަދި ހައްޖުގެ އަޅުކަމަށްފަހު ހައްޖުވެރިންގެ ތަކުލީފުތަކަށް ލިބޭ ބޮޑު ލުޔަކަށް ވެގެންދާނެ," ޝަކީލް ވިދާޅުވި އެވެ.
26 May 2025
އުއްތަމަ ފަނޑިޔާރު ގުޅުއްވި ކަމަށް ބުނެ ރާއްޖެޓީވީން ފެތުރީ ބުހުތާނު ދޮގު: ނަޝީދު
އެ ބަޔާނުގައި ބުނެފައި ވަނީ "އަލިފުން ޔާޔަށް އޭގައި ހުރި ހުރިހާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު" ކަމަށެވެ.
26 May 2025
ދިވެހި ހައްޖުވެރީންގެ ފުރަތަމަ ގުރޫޕަށް ޖިއްދާ އިން ފިނިފެންމަލުގެ މަރުހަބާއެއް
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހިރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހައްޖުވެރިންނަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
26 May 2025
ބިދޭސީ ޓީޗަރަކު ކަނޑޫދޫ ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލި މައްސަލައެއް
އަނިޔާ ލިބުނު ދަރިވަރަށް މިވަގުތު ވޭމަންޑޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ.
26 May 2025
ރާއްޖެ-އިންޑިއާ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން ބާއްވައިފި
މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް އެވެ.
26 May 2025
ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމު ތަރައްގީކޮށް 14 އެނދަށް އިތުރުކޮށްފި
ޒަމާނީ މެޑިކަލް އާލާތްތަކާއިއެކު ތަރައްގީ ކޮށްފައިވާ މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއް ވެސް ހަދާފައިވެ އެވެ.
26 May 2025
ހައްޖުވެރީންގެ ފުރަތަމަ ގުރޫޕް ފުރައިފި، 235 މީހުން
ހައްޖު ކޯޕަރޭޝަނުން ބުނީ މިއަދު 235 މީހަކު ފުރާފައިވާ ކަމަށެވެ. ދިވެހިރާއްޖެއިން މި އަހަރު ވެސް 1000 މީހުން ހައްޖުގެ އަޅުކަމަށް ދެ އެވެ.
26 May 2025
މުންޑޫގައި ސުކޫލަށް ހާޒިރުނުވާ މުވައްޒިފަކަށް މުސާރަ ދިން މައްސަލައެއް
މި މައްސަލައިގައި ދައުލަތަށް 28,317.99 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ވެ އެވެ. އެހެން ކަމުން މި ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނުން ވަނީ ލ. މުންޑޫ ސްކޫލަށް އަންގާފައި ކަމަށް ބުންޏެވެ.
26 May 2025
ދިވެހި ހައްޖާޖީންގެ އިސް ޝެއިހަކަށް މުތީއު ހަމަޖައްސައިފި
އޭނާ އަކީ އިސްލާމިކް މިނިސްޓަރުގެ ނާއިބުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
26 May 2025
ކޮރަޕްޝަން ހުއްޓުވުމަށް ފަލަސްތީނާއި ދިވެހިރާއްޖެ ގުޅިގެން މަސައްކަތް ކުރަނީ
މި ފަހުމުނާމާގައި ސޮއިކުރީ ސައުދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025 ގެ ތެރެއިންނެވެ.
26 May 2025
އެމްއޭސީއެލް ތައްޔާރު: ވީއައިއޭގައި ހައްޖާޖީންނަށް ހާއްސަ އިންތިޒާމުތަކެއް
ހަތަރު ފްލައިޓެއްގައި 1000 ހައްޖުވެރީން ދަތުރުކުރާނެ އެވެ. ދަތުރުތައް އޮތީ މިއަދާއި މާދަމާ އަދި 29 ވަނަ ދުވަހާއި 30 ވަނަ ދުވަހު އެވެ.
26 May 2025
މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން ރާއްޖެ ވަޑައިގެންފި
އިސްލާމިކް މިނިސްޓްރީން ބުނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ގައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދެވިގެން ކަމަށެވެ.
26 May 2025
މަނީ ލޯންޑަރިންނާއި ފޭރުމުގެ ކުށުގެ ދައުވާ ހިމެނޭހެން ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް، ސާބިތުވެއްޖެ ނަމަ 20 އަހަރަށް ޖަލަށް
ޝަމްއާންގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
26 May 2025
ފޭސްބުކް ލައިވްއެއްގައި ދިވެހި އަންހެނަކު ބަރަހަނާ ވެއްޖެ، މައްސަލަ ބަލަނީ
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދިވެހީންގެ ބައެއް މީހުންގެ އަމަލުތައް ހުރީ ވަރަށް ދަށު ދަރަޖާގަ އެވެ.
25 May 2025
މި އަހަރުގެ އަރަފާތު ދުވަހު ޚުތުބާ ދެއްވާނީ ޙަރާމްގެ އިމާމު ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު ކަމަށް ކަނޑައަޅުއްވައިފި
ކޮންމެ އަހަރަކު ވެސް މަސްޖިދުއްނަމިރާގައި ޢަރަފާތު ދުވަހުގެ ޚުޠުބާ ދެއްވާނެ ޚަތީބަކު ކަނޑައަޅުއްވަނީ ސީދާ ރަސްގެފާނެވެ.
25 May 2025
ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް، ހިދުމަތް ފުޅާކޮށް މުވައްޒިފުން އިތުރުކޮށްފި
ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200 ލޭ ޕައިންޓްގައި ހުރި ހުރުން މިހާރު ވަނީ އިތުރު ދެ ސްޓޯރޭޖާއެކު ޖުމްލަ 600 ލޭ ޕައިންޓަށް އިތުރުކޮށްފަ އެވެ.
25 May 2025
ވަރަށް ނުރައްކާތެރި މީހެއް؛ އެތައް ބަޔަކަށް ގެއްލުން, އެކަމަކު އިންސާފު ނުލިބޭތާ ބަންދުކޮށްފައި ވެސް ނުބެހެއްޓޭ
އުމުރުން 25 އަހަރު ފުރުނީއްސުރެ ޒައިދާން ގެންދަނީ ސްކޭމްގެ އެކި ކަހަލަ އަމަލުތައް ހިންގަމުންނެވެ. އުމުރުން އެހާ ހަގުއިރު އޭނާ އެކަން ފެށި ނަމަވެސް މިދިޔަ ތިން އަހަރެއްހާ ދުވަހު އޭނާ ހިންގާފައިވާ އަމަލުތަކަށް ބަލާލުމުން މިއީ ސްކޭމް ހިންގުމުގައި އެހެން ލެވެލް އެއްގައި ހުރި މީހެއްކަން އެނގެ އެވެ. ވަރަށް ނުރައްކާތެރި މީހެކެވެ.
25 May 2025
އީދާ ދިމާކޮށް ދައުލަތުން ހިންގާ މުންކަރާތްތައް ހުއްޓާލުމަށް ޝެއިހް ހަސަން ގޮވާލައްވައިފި
ޝެއިހް ފިކުރީ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސަގާފަތާއި ގައުމިއްޔަތު ނަމުގައި ދައުލަތުގެ ވުޒާރާތަކާއި ކައުންސިލުތަކުން އީދު ކުޅިވަރުގެ ނަމުގައި ދެޖިންސު މަސްހުނިކޮށް އަންހެންވެރިން ނެރެގެން ނައްޓުވައިގެން ހިންގާ މުންކަރާތްތައް ދިރުވާ އާލާ ކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
25 May 2025
އަންހެނެއްގެ ކުރީގެ ފިރިމީހާއާ މިހާރުގެ ލޯބިވެރިޔާގެ މެދުގައި މާރާމާރީއެއް، އެކެއްގެ ބޯފަޅާލާ އަނިޔާތަކެއް
މި މާރާމާރީގައި އެކެއްގެ ބޯ ފަޅާލި އެވެ. އަދި ދެ މީހުންނަށް ވެސް ކުދި އަނިޔާތައް ލިބިފައިވެ އެވެ.
25 May 2025
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޚަލީލް އިންޑިއާއަށް
މިގޮތުން އިގްތިސާދާއި ސިއްހީ އަދި ޑިޖިޓަލް ފައިނޭންސިންގް އާައި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތައް ހިމެނެއެވެ.
25 May 2025
ރައީސްގެ ނޫސްވެރީންގެ ބައްދަލްވުމުން ފުރުސަތު ނުދިނީ މިންގަނޑަށް ހެދުން އަޅާފައި ނެތުމުން
‏ހީނާ ވިދާޅުވީ ޑްރެސްކޯޑާ ޚިލާފަށް، ހެދުން އަޅައިގެން އަންނަ ނޫސްވެރިޔާއަަށް، ވަގުތު އޮތް ނަމަ، ޑްރެސްކޯޑާއި އެއްގޮތަށް ހެދުން އަޅައިގެން އައުމަށް އަލުން ފުރުޞަތުވެސް ދަނީ ދެމުން ކަމަށެވެ.
25 May 2025
ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު ހޯދުމުގެ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް: ރައީސް
“ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުން” ރައީސް ވިދާޅުވި އެވެ.
25 May 2025
ޑްރަގް ވިޔަފާރީގައި އުޅޭ ބަންގާޅު ބައެއް، ޑްރަގާއެކު ހައްޔަރު ކޮށްފި
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ތިން މީހުން ކަމުގައިވާ އެމްޑީ މެހެދި ހަސަން (29އ) އާއި، އަބު ތަލެބް (47އ) އާއި، އެމްޑީ ސަލާމް މިއާ (41އ) އެވެ.
25 May 2025
މަކަރާ ހީލަތުގެ ރެކޯޑްގެ އޮތް މީހާ އަދިވެސް މީހުންނަށް ލަނޑު ދިނުމުގައި، އަނެއްކާ ހައްޔަރު ކޮށްފި
މި މީހާ ވަނީ މީގެ ކުރީން ވެސް އެތައް ބަޔަކަށް ލަނޑުދީފަ އެވެ. މީހުންގެ އެޕާޓްމަންޓްތައް ކުއްޔަށް ނަގާ ތަނުގައި ހުންނަ ހުރިހާ ސާމާނެއް ވަގަަށް ނަގާފައިވެ އެވެ.
25 May 2025
އަހަރުގެ ކައިވެނީގެ ބޮޑު ދުވަސް: މާލޭގައި 59 ކައިވެނި، ކޮންބައެއް ކައިވެނި ކުރަނީ
ފެމިލީ ކޯޓުން ބުނީ މިއަދު (25 މޭ 2025) މިއީ މި އަހަރުގެ މިހާތަނަށް މިކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކާވެނި ޢަޤްދު ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްކަމަށެވެ.
23 May 2025
ކޭބަލްތައް ބުރިކޮށް ވަގަށް ގެންދަނިކޮށް ހައްޔަރުކޮށްފި، ހަތް ގެއަކުން ކަރަންޓް ކެނޑުނު
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ނަސީމީވިލާ / ށ.މިލަންދޫ، އިސްމާޢީލް ސަމީމް (29އ) ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
23 May 2025
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވައިފި
މައުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެ އާއި ބ.ތުޅާދޫ އިންނެވެ. މައުރަޒުގައި 3600އަށް ވުރެ ގިނަ ތަކެތި ބައިވެރި ކޮށްފައިވެ އެވެ.