ރައީސް މައުމޫނާއި ޑރ. މާހާތީރު -- ފޮޓޯ: މައުމޫން ފައުންޑޭޝަން
ހަބަރު
09 Jul 2025 | 18:23
މަހާރީތަށް 100 އަހަރު، މައުމޫންގެ ފަރާތްޕުޅުން ހަދިޔާއެއް

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު, ޑރ. މަހާތީރު މުހައްމަދުގެ އުމުރުފުޅުން 100 އަހަރުފުރޭ ތާރީހީ މުނާސަބަތާއި ދިމާކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެމަނިކުފާނަށް ހާއްސަ ހަދިޔާއެއް ދެއްވައިފި އެވެ. ޑރ. މަހާތީރުގެ 100 ވަނަ އުފަން ދުވަހަކީ މާދަމާ އެވެ.

ދެ ލީޑަރުންގެ މެދުގައި ހާއްސަ އެކުވެރި ގުޅުމެއް އޮވެ އެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ ރައީސް މައުމޫން, ޑރ. މަހާތީރާ ބައްދަލު ކުރައްވާ 100 ވަނަ އުފަން ދުވަހުގެ ހެޔޮ ތަހުނިޔާ ފޮނުއްވާފައިވާ ކަމަށެވެ. ދެ ބޭފުޅުން ބައްދަލު ކުރެއްވީ މެލޭޝިޔާގައި މިހާރު ކުރިއަށްދާ ފޯރަމެއްގެ ހަވާސާގަ އެވެ.

ބޭސްފަރުވާގެ ކަންކަމަށް ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އަދި ދަރިކަލުން ފާރިސް މައުމޫނާއި ދަރިކަނބަލުން ޔިމްނާ މައުމޫން މިވަގުތު ތިއްބެވީ މެލޭޝިޔާގަ އެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ ދެ ލީޑަރުންގެ ބައްދަލްވުމުގައި ޑރ. މަހާތީރުގެ އުފަންދުވަހާއި ގުޅުވާ ހާއްސަ ހަދިޔާއެއް ދެއްވާފައިވާ ކަމަށެވެ. މައުމޫންގެ ފަރާތްޕުޅުން ދެއްވީ ދިވެހީންގެ ފަހުރެއް ކަމުގައިވާ މާލޭ ހުކުރު މިސްކިތު މުންނާރުގެ މޮޑެލް އެކެވެ.

އޭގެ ފަހުން ދެ ބޭފުޅުން ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވި ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ. މި ބައްދަލްވުމުގައި އިސްލާމީ ގައުމުތަކުގެ ހާލަތާއިމެދު ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ. ހާއްސަކޮށް ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމަށް އިސްލާމީ ގައުމުތަކުން އެެކަށީގެންވާ މަސައްކަތްތަކެއް ނުކުރައްވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.