ވީއައިއޭގެ އާ ޓާމިނަލްއާ ގުޅޭ މައުލޫމާތު ސްޓޭކްހޯލްޑަރުންނާ ހިއްސާކުރުން
ހަބަރު
13 Jul 2025 | 03:37
ވީއައިއޭގެ އާ ޓާމިނަލްއާ ގުޅޭ މައުލޫމާތު ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ކަމާގުޅޭ ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށް ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވައިފި އެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އެކްސްކޯގެ މެންބަރުންގެ ބައިވެރިވެވަޑައިގެންނެވި އެވެ.

ވީއައިއޭގެ އާ ޓާމިނަލްއާ ގުޅޭ މައުލޫމާތު ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށްފި

މި ބައްދަލުވުމުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ), ރެގިއުލޭޓަރީ އޮފް އޭވިއޭޝަން ސެކިއުރިޓީ (ޑާސާ), އޭވިއޭޝަން ސެކިއުރިޓީ (އެވްސެކް), މޯލްޑިވްސް ކަސްޓަމްސް ސާވިސް, މޯލްޑިވްސް އިމިގްރޭޝަން, ޕްލާންޓް އެންޑް އެނިމަލް ކުރެންޓީން, މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ), ޕޯޓް ހެލްތް, މޯލްޑިވްސް ޕޮލިސް ސާވިސަސް, މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް), އެއާލައިން ކޮމިޓީ ޗެއާ, މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް), އެމްއޭސީއެލް ޑިޕާޓްމަންޓްތަކާއި އޮރާޓްގެ އެމް.އޭ.ސީ.އެލްގެ ކޮންސަލްޓަންޓް މޮޑާލިސް އިން ބައިވެރިވެފައިވެ އެވެ.

ވީއައިއޭގެ އާ ޓާމިނަލްއާ ގުޅޭ މައުލޫމާތު ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށްފި

ސްޓޭކްހޯލްޑަރުންގެ ބައްދަލުވުން ނިންމަވާލައްވަމުން ސީއީއޯ ޝަރީފު ވިދާޅުވީ, ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ ބޮޑު އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާ ހިއްސާކުރާއިރު, މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލުގެ ޖާގައިގެ ދަތިކަމާއެކު އެތަނުގެ ތެރޭގައި ތޮއްޖެހުމާއި ކުރެވޭ ތަޖުރިބާ މަދުވުން ފަދަ ކަންކަމަކީ ފަތުރުވެރިކަމުގެ ސިނާއަތުން އުފުލަންޖެހިފައިވާ ބޮޑު ބުރައެއް ކަމަށެވެ.

ސްޓޭކްހޯލްޑަރުންގެ ބައްދަލުވުން ނިންމަވާލައްވަމުން ސީއީއޯ ޝަރީފު ވާހަކަފުޅު ދައްކަވަނީ 

އެހެންކަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަޝްރޫއުއަކީ ގައުމީ މަސައްކަތެއް ކަމަށާއި އަދި އެ މަޝްރޫއު ކާމިޔާބު ކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ސީއީއޯ ޝަރީފުގެ ވާހަކަފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ޖުލައި 26 ވަނަ ދުވަހު ހުޅުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ސްޓޭކްހޯލްޑަރުންގެ ފަރާތުން ލިބޭ އާދަޔާ ހިލާފު އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ