25 Aug 2024
ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ޑޮލަރު ބޭރުކުރަން އުޅެނިކޮށް އަތުލައިގަނެފި
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ގަވައިދާ ހިލާފަށް ލައްކައެއްހާ ޑޮލަރު ހިފައިގެން ބަންގްލަދޭޝްއަށް ފުރަން އުޅުނު އެޤައުމަށް ނިސްބަތްވާ މީހަކު އޭވިއޭޝަން ކޮމާންޑުން ހުއްޓުވައިފިއެވެ.
10 Aug 2024
ކޮލަމްބޯއަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މޯލްޑިވިއަން އެއަރލައިންސްގެ ފްލައިޓަކުން ކޮލަމްބޯއަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރެއްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިއްޖެއެވެ.
10 Jun 2024
ޓީއެމްއޭ ސީޕްލޭން އެކްސިޑެންޓް ވި މައްސަލަ ތަހުގީގު ކުރަނީ
ބ. އަތޮޅު ސީސައިޑް ފިނޮޅު ރިސޯޓުން އެ އަތޮޅު ވެސްޓްއިން މޯލްޑިވްސް މިރިޔަންދު އަށް ދަތުރުކުރި ޓީއެމްއޭގެ މަތިންދާބޯޓެއް އެ ރިސޯޓަށް ޖެއްސުމުގެ ތެރޭގައި ބޯޓުގެ ކަނާތު ކަނދަށް ގެއްލުންވެ، ހާދިސާއެއް ހިނގި ކަމަށާއި އެ ހާދިސާއެއް ހިނގާފައިވަނީ އިއްޔެ މެންދުރު ފަހު 3:30 ހާއިރު އެވެ. މި ހާދިސާ މިހާރު ދަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ތަހުގީގުކުރަމުންނެވެ.
04 Apr 2024
ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަަލަތައް ރިޕޯޓުކުރަން ޚާއްސަ ޕްލެޓްފޯމެއް ޤާއިމުކޮށްފި
ޑިފެންސް މިނިސްޓްރީން އިއްޔެ އާންމުކުރި ސާކިއުލާއެއްގައި ބުނެފައިވަނީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ނުރަނގަޅު އަސަރެއްކޮށްފާނެ ކަަމަށް ބެލެވޭ ކަމެއް ނުވަތަ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު ކަމެއް އެއާޕޯޓްތަކުގައި ނުވަތަ ފްލައިޓްތަކުގައި ހިނގާނަމަ އެކަން ރިޕޯޓްކުރެވޭނެ ނިޒާމެއް މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ.