ފޮޓޯ : މޯލްޑިވިއަން
ހަބަރު
04 Apr 2024 | 14:21
ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަަލަތައް ރިޕޯޓުކުރަން ޚާއްސަ ޕްލެޓްފޯމެއް ޤާއިމުކޮށްފި

ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އުސޫލުތަކާއި ޚިލާފަށް ކަމެއް ކުރާކަން ފާހަގަވެއްޖެނަމަ ވަގުތުން ރިޕޯޓްކުރުމަށް ޚާއްސަ އޮންލައިން ޕްލެޓްފޯމެއް ސަރުކާރުން ތައާރަފްކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން އިއްޔެ އާންމުކުރި ސާކިއުލާއެއްގައި ބުނެފައިވަނީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ނުރަނގަޅު އަސަރެއްކޮށްފާނެ ކަަމަށް ބެލެވޭ ކަމެއް ނުވަތަ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު ކަމެއް އެއާޕޯޓްތަކުގައި ނުވަތަ ފްލައިޓްތަކުގައި ހިނގާނަމަ އެކަން ރިޕޯޓްކުރެވޭނެ ނިޒާމެއް މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ޑިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން އިން ތަޢާރަފްކުރި އޮންލައިން ޕްލެޓްފޯމްގެ ނަމަކީ "އޭވިއޭޝަން ސެކިއުރިޓީ ކޮންފިޑެންޝިއަލް ރިޕޯޓިން ސިސްޓަމް" އެވެ.

އުސޫލާ ޚިލާފަށް ހިނގާ ކަމެއް، އެއްވެސް މީހަކަށް ފާހަގަވެއްޖެ ނަމަ، މި ޕްލެޓްފޯމުގެ އެހީގައި އެ މައްސަލައެއް ޑާސާގެ ސަމާލުކަމަށް ގެނެވޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. މި ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ރިޕޯޓް ކުރާ ފަރާތް ބޭނުންވެއްޖެ ހާލަތެއްގައި އެ މީހެއްގެ ވަނަވަރު ހާމަނުކޮށް ވެސް މައްސަލަ ރިޕޯޓްކުރެވޭނެ ގޮތަށެވެ.

މި ޕްލެޓްފޯމް ލައިވްކޮށް، އާންމުންނަށް ބޭނުންކުރެވޭނެ ގޮތް ހަދާފައިވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.