04 Oct 2023
ސެޕްޓެމްބަރު މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯއަށް
ސައުދީ ޕްރޮފެޝަނަލް ލީގުގެ ސެޕްޓެމްބަރު މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެ އެވެ. މިއީ މިމަގާމު ރޮނާލްޑޯ ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހުގެ ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ވެސް ރޮނާލްޑޯ އެވެ.