ކްރިސްޓިއާނޯ ރޮނާލްޑޯ
ކުޅިވަރު
04 Oct 2023 | 09:25
ސެޕްޓެމްބަރު މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯއަށް

ސައުދީ ޕްރޮފެޝަނަލް ލީގުގެ ސެޕްޓެމްބަރު މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެ އެވެ. މިއީ މިމަގާމު ރޮނާލްޑޯ ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހުގެ ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ވެސް ރޮނާލްޑޯ އެވެ.

ސައުދީ ލީގުގައި އަލް ނަސްރުން ކުޅުނު ފުރަތަމަ ދެމެޗުން ބަލިވުމަށްފަހު އެންމެ ފަހު ކުޅުނު ހަ މެޗުން އެޓީމު މޮޅުވެފައި ވާއިރު، އުމުރުން 38 އަހަރުގެ ރޮނާލްޑޯ އަންނަނީ މިސީޒަނުގައި އަލް ނަސްރުގެ ޖާޒީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. 

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެޓީމުން ލީގުގައި ހަތަރު މެޗު ކުޅެފައިވާއިރު މި ހަތަރު މެޗުގައި ރޮނާލްޑޯ ވަނީ ފަސް ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން، އިތުރު ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މީގެ އިތުރުން ސެޕްޓެމްބަރު މަހުގެ ތެރޭގައި އެޓީމުން އޭއެފްސީ ޗެންޕިްއަންސް ލީގުގައި ދެ މެޗު ކުޅެފައިވާއިރު އެ ދެމެޗުން ވެސް މޮޅުވެ ގްރޫޕްގެ އެއްވަނައިގައި މިވަގުތު އަލް ނަސްރު އެވެ.

ސައުދީ ޕްރޮފެޝަނަލް ލީގުގައި ކޮންމެ ޓީމަކުން މިހާތަނަށް 8 މެޗު ކުޅެފައިވާއިރު ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ލިސްޓްގެ ކުރީގައި މިވަގުތު އޮތީ ތަޖުރިބާކާރު ފޯވާޑް ރޮނާލްޑޯ އެވެ. އޭނާ ލީގުގައި ކުޅުނު 7 މެޗުގައި 10 ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން، އިތުރު ފަސް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. 

މީގެއިތުރުން މިވަގުތު ސައުދީ ލީގުގެ އެސިސްޓް ރޭންކިންގެ އެއްވަނައިގައި ވެސް އޮތީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.