ފީފާ ކުލަބު ވޯލްޑްކަޕް 2025
27 Jun 2025
ކުލަބު ވޯލްޑްކަޕް: ފަސޭހަކަމާއެކު ޔުވެންޓަސް ބަލިކޮށް ސިޓީން ދެވަނަ ބުރު ޔަގީންކޮށްފި
އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯޕްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޖީގައި ޔުވެންޓަސް އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗު ފަސޭހަކަމާއެކު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސިޓީން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
26 Jun 2025
ސަލްޒްބާގް އާއި ދެކޮޅަށް ރެއާލް ކުޅޭ މެޗުގައި ވެސް އެމްބާޕޭ ނުފެންނާނެ
މިހާރު އެމެރިކާގައި ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެޗްގެ ފަހު މެޗުގައި އޮސްޓްރިއާގެ ސަލްޒްބާގް އާއި ދެކޮޅަށް ރެއާލް ކުޅޭ މެޗުގައި ވެސް އެޓީމު އިތުބާރު ފޯވާޑް ކިލިއަން އެމްބާޕޭއަށް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ.
25 Jun 2025
ކުލަބު ވޯލްޑްކަޕް: އެންޒޯގެ މޮޅު ކުޅުމާއެކު ޗެލްސީ ދެވަނަ ބުރުން ޖާގަ ހޯދައިފި
އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި މިއަދު ހެނދުނު ޗެލްސީ އާއި އެސްޕެރެންސް ތޫނިސް ވާދަކުރި މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
25 Jun 2025
ކުލަބު ވޯލްޑްކަޕް: އޮކްލޭންޑް ސިޓީއާ އެއްވަރުވެ ބޮކާ ޖޫނިއަރސް މުބާރާތުން ކަޓައިފި
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގައި މިރޭ އޮކްލޭންޑް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ބޮކާ ޖޫނިއަރސް މުބާރާތުން ކަޓައިފިއެވެ.
25 Jun 2025
ކުލަބު ވޯލްޑްކަޕް: ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބެންފީކާ ދެވަނަ ބުރުން ޖާގަ ހޯދައިފި
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގައި މިރޭ ކުޅުނު މެޗުގައި ބަޔާން މިޔުނިކް 1-0 ގެ ނަތީޖާއަކުން ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބެންފީކާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
24 Jun 2025
ކުލަބު ވޯލްޑްކަޕް: ސުއަރޭޒްގެ މޮޅު ކުޅުމާއެކު އިންޓަ މިއާމީ ދެވަނަ ބުރުން ޖާގަ ހޯދައިފި
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި މިއަދު ހެނދުނު ޕަލްމެއިރަސް އާއި އިންޓަ މިއާމީ ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ދެޓީމު ވެސް މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެއްޖެއެވެ.
24 Jun 2025
ކުލަބު ވޯލްޑްކަޕް: ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕީއެސްޖީ ދެވަނަ ބުރުން ޖާގަ ހޯދައިފި
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި މިރޭ ޕީއެސްޖީ އާއި ސިއެޓަލް ސައުންޑާސް ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕީއެސްޖީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
24 Jun 2025
ކުލަބު ވޯލްޑްކަޕް: އެތްލެޓިކޯ އަތުން ބަލިވި ނަމަވެސް، ބޮޓަފޯގޯ ދެވަނަ ބުރުން ޖާގަ ހޯދައިފި
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި މިރޭ އެތްލެޓިކޯ މެޑްރިޑް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ބޮޓަފޯގޯ އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.