ރެއާލް މެޑްރިޑްގެ ކުޅުންތެރިން ޕްރެކްޓިހުގައި
ކުޅިވަރު
29 Jun 2025 | 18:29
ކުލަބު ވޯލްޑްކަޕްގެ އިންތިޒާމުތަކާއި މެދު ޓީމުތަކުން ހިތްހަމަނުޖެހިފައި

މިހާރު އެމެރިކާގައި ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ އިންތިޒާމުތަކާއި މެދު ކުލަބުތަކުން ހިތްހަމަމުޖެހުން ފާޅުކޮށް ފީފާއަށް ޝަކުވާ ހުށަހަޅާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެގޮތުން ކޯޕް އިން ރިޕޯޓްކޮއްފައިވާ ގޮތުގައި ގުރޫޕް ސްޓޭޖުގައި ސަލްޒްބާގް އަތުން މޮޅުވި މެޗަށްފަހު އިންތިޒާމްކުރާ ފަރާތުގެ އިހުމާލުން ރެއާލް މެޑްރިޑަށް ބަހުގައި ހަ ގަޑިއިރު މަޑުކުރަން ޖެހުނެވެ.

އެންމެ ފުރަތަމަ ކުޅުންތެރިން މަޑުކުރަން ޖެހުނީ ސްޓޭޑިއަމް ކައިރީގައި، އެއަށްފަހު އެއާޕޯޓުގައި ވެސް އެތައްއިރަކު މަޑުކުރަންޖެހުނެވެ. ނަތީޖާއެއްގެ ގޮތުން ޒަބީ އަލޮންސޯ އާއި އޭނާގެ ޓީމު އެނބުރި ހޮޓަލަށް ދެވުނީ ރާއްޖެ ގަޑިން ފަތިހު 5:00 އެހާކަންހާއިރު ކަމަށާއި، ކުރިއަށް އޮތް ޓްރެއިނިން ސެޝަންގެ ކުރިން އެ ޓީމަށް އަރާމުކޮށް ރިކަވާވާން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ.

ރެއާލް މެޑްރިޑުން ހިތްހަމަ ނުޖެހި، ފީފާގެ އިންތިޒާމާ މެދު ނުރުހުން ފާޅުކޮށްފައިވާ ކަމަށާއި އިންތިޒާމްކުރާ ފަރާތްތައް ރަނގަޅަށް ތައްޔާރުވެފައި ނުވާތީ އޭގެ ސަބަބުން ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާކަމަށް އެކުލަބުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މުބާރާތުގެ ދެވަނަ ބުރުގައި ރޭ ޗެލްސީ އާއި ބެންފީކާ ވާދަކުރި މެޗުގެ 85 ވަނަ މިނެޓުގައި އުޑުމަތި ބަނަވެ ވިއްސާރަވުމުން މެޗުގެ ކުޅުން ދެގަޑިއެއްހާ އިރަށް މެދުކަނޑާލަމަށްފަހު ބާކީ އޮތް ފަސް މިނެޓް އަޅުން ކުޅެންޖެހުމުން ޗެލްސީގެ ކޯޗް ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މެޗަށްފަހު ޗެލްސީގެ ކޯޗު ބުނީ މިއީ ފުޓްބޯޅައެއް ނޫން ކަމަށާއި މީގެ ކުރިން މިކަހަލަކަމެއް ތަޖުރިބާކުރަން ނުޖެހޭކަމަށެވެ. މި މުބާރާތުގައި މީގެ ކުރިން ވެސް މޫސުން ގޯވުމުގެ ސަބަބުން ގިނަ މެޗުތަކެއްގައި ކުޅުން ފެށުން ލަސްކުރަންޖެހި ނުވަތަ މެޗުގެ ތެރެއިން ކުޅުން މެދުކަނޑާލާފައިވެއެވެ. އަދި ބައެއް މެޗުތައް ގަދަ ހޫނުގައި ކުޅެންޖެހުމުން ވެސް ޓީމުތަކުން ވަނީ އެކަމުގެ ޝަކުވާކޮށްފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.