ކިލިއަން އެމްބާޕޭ
ކުޅިވަރު
26 Jun 2025 | 15:26
ސަލްޒްބާގް އާއި ދެކޮޅަށް ރެއާލް ކުޅޭ މެޗުގައި ވެސް އެމްބާޕޭ ނުފެންނާނެ

މިހާރު އެމެރިކާގައި ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެޗްގެ ފަހު މެޗުގައި އޮސްޓްރިއާގެ ސަލްޒްބާގް އާއި ދެކޮޅަށް ރެއާލް ކުޅޭ މެޗުގައި ވެސް އެޓީމު އިތުބާރު ފޯވާޑް ކިލިއަން އެމްބާޕޭއަށް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރެއާލް ކުޅުނު ފުރަތަމަ މެޗުގައި އަލް ހިލާލް އާއި ވާދަކަށް 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގެ އިތުރުން، ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ޕަޗޫކާ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ވެސް އެމްބާޕޭ ކުޅެފައެއްނުވެއެވެ.

މުބާރާތުގައި ވާދަކުރުމަށް ރެއާލް މެޑްރިޑް އެމެރިއާއަށް އައިފަހުން ހުންއައިސް ބަލިވެ އުޅޭތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވެސް އެމްބާޕޭއަށް ވަނީ ފަރުވާދީފައެވެ. އަދި މިހާރު އެމްބާޕޭ ބަލިން ރަނގަޅުވެ ޓީމުގެ ފަރިތަކުރުންތަކުގައި ވަނީ ބައިވެރިވާން ފަށާފައެވެ.

މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ރެއާލްގެ ކޯޗު އަލޮންސޯ ބުނީ މިމެޗަށް ރެއާލް ނުކުންނަނީ ދެކަމެއް ހާސިލްކުރުމަށް ކަމަށެވެ. ފުރަތަމަ ކަމަކީ މެޗުން މޮޅުވުން އަދި ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގައި ކުޅެން ބޭނުންވަނީ...

އެމްބާޕޭގެ އިތުރުން ޕަޗޫކާއި ދެކޮޅަށް ކުޅުނު މެޗުގައި ރަތްކާޑު ދެއްކި ރެއާލްގެ ޑިފެންޑަރު ރައުލް އަސެންސިއޯއަށް ވެސް ސަލްޒްބާގް އާއި ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނައިގައި ރެއާލް މިވަގުތު އޮތްއިރު، މިގުރޫޕް ދެވަނައިގައި ސަލްޒްބާގް އޮތީވެސް ހަތަރު ޕޮއިންޓާއެކުއެވެ.

މާދަމާ ހެނދުނު ރާއްޖެ ގަޑިން 6:00 ގައި ރެއާލް މެޑްރިޑާއި ސަލްޒްބާގް ވާދަކުރާ މެޗު ކުޅޭ އިރު މިގުރޫޕްގައި ހިމެނޭ އަލް ހިލާލް އާއި ޕަޗޫކާ ވެސް އެގަޑީގައި ވާދަކުރާނެއެވެ. އަދި އެމެޗުން މޮޅުވެ އަލް ހިލާލަށް ވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.