ދިވެހި ކުޅިވަރު
10 Feb 2024
ޕެނަލްޓީގައި ފޭދޫ ބަލިކޮށް ހިތަދޫ އިން އަތޮޅު ޗެންޕިއަންކަން ހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ސ. އަތޮޅުގެ އަތޮޅު ބުރުގެ ފައިނަލުގައި ހުކުރުދުވަހު ގެ ރޭ ފޭދޫ އާއި ހިތަދޫ ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން މޮޅުވެ، ހިތަދޫ އިން އަތޮޅު ޗެންޕިއަންކަން ހޯދައިފި އެވެ.
08 Feb 2024
މާއެނބޫދޫ ބަލިކޮށް އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކުޑަހުވަދޫ އިން ކާމިޔާބުކޮށްފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ދ. އަތޮޅު، އަތޮޅު ބުރުގެ ފައިނަލުގައި ބުދަދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން ކުޑަހުވަދޫ އާއި މާއެނބޫދޫ ވާދަކުރި މެޗު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަތޮޅު ޗެންޕިއަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކުޑަހުވަދޫ އިން ކާމިޔާބުކޮށްފި އެވެ.
07 Feb 2024
ރާއިފްގެ މޮޮޅު ކުޅުމާއެކު މާފަރު އަތުން މޮޅުވެ، ކެނދިކުޅުދޫ އިން އަތޮޅު ޗެންޕިއަން ހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ނ. އަތޮޅުގެ އަތޮޅު ބުރު ފައިނަލުގައި ކެނދިކުޅުދޫ އާއި މާފަރު ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކެނދިކުޅުދޫ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
07 Feb 2024
ޝާއިންގެ ހެޓްރިކާއެކު ނައިވާދޫ އިން 6 ވަނަ ފަހަރަށް އަތޮޅު ޗެންޕިއަންކަން ހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހދ. އަތޮޅު ބުރުގެ ފައިނަލުގައި ނޮޅިވަރަން އާއި ނައިވާދޫ ވާދަކުރި މެޗު ފަސޭހަކަމާއި އެކު 6-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނައިވާދޫ އިން އަތޮޅު ޗެންޕިއަން ދިފާއުކޮށްފި އެވެ.
07 Feb 2024
އެންމެ ފަހުގެ ޗެމްޕިއަން އުތީމު ބަލިކޮށް، ދިއްދޫ އިން ޗެންޕިއަންކަން ހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހއ. އަތޮޅު ބުރުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އުތީމު 5-2 ގެ ނަތީޖާއަކުން ބަލިކޮށް ދިއްދޫ އިން މުބާރާތްގެ ޗެންޕިއަންކަން ހޯދައިފި އެވެ.
06 Feb 2024
ތަފާތުބޮޑު ނަތީޖާއަކުން ކުލަބު ޕީކޭ ބަލިކޮށް ނިއުރޭޑިއަންޓް ސެމީފައިނަލަށް
އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ކުލަބް ޕީކޭ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
06 Feb 2024
ފުނަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ށ. އަތޮޅު ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަންއާއެކު އެމްޓީސީސީއިން މިއަދު ސޮއެކޮށްފިއެވެ.
06 Feb 2024
ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024 ގެ ގުރުލުން މިއަދު ބާއްވައިފި
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީގައި ފެބުރުއަރީ 10 ގައި ފެށުމަށް ހަމަޖެހިފައިވާ "ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ގުރުލުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.
06 Feb 2024
ދެވަނަ ހާފުގައިި ކާމިޔާބުކުރި ފަސް ލަނޑާއެކު ބީޖީ ބަލިކޮށް މަސްއޮޑި ސެމީއަށް
އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ފުރަތަަމަ މެޗުގައި ހޯމަދުވަހުގެ ހަވީރު ބީޖީ ސްޕޯޓްސް ކްލަބާއި މަސް އޮޑި ސްޕޯޓްސް ކްލަބު ވާދަކުރި މެޗު ފަސޭހަކަމާއި 5-0 ގެ ނަތީޖާއަކުން މޮޅުވެ މަސްއޮޑިން މުބާރާތްގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
04 Feb 2024
ފަސޭހަކަމާއި އެކު ހޭވައްލާ ބަލިކޮށް ބޭރިއަންސް އިން ޗެންޕިއަންކަން ހޯދައިފި
ރ.އަތޮޅު ކިނޮޅަސްގައި މިހާރު ކުރިއަށްދާ "23 ވަނަ ޖަމިއްޔަތުލް އިއްތިހާދު ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ފައިނަލުގައި ފަސޭހަކަމާއި އެކު ސީދާ ތިން ސެޓުން ހޭވައްލާ ބަލިކޮށް ބޭރިއަންސް އިން މުބާރާތްގެ ޗެންޕިއަންކަން ހޯދައިފި އެވެ.