ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
16 Aug 2026
ކޮޓަރީގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް
މި އަލިފާނުގެ ހާދިސާ ހިނގީ ގ.ކްރެބް ޓްރީ ގޭގެ ގޭގެ އެންމެ ތިރީ ފަންގިފިލާގައި މީހުން ދިރިއުޅޭ ކޮޓަރިއެއްގައެވެ. އެންޑީއެމްއޭއިން ބުނީ މި ހާދިސާގައި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިގެން ދިޔަ ނަމަވެސް، މިހާރު އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ.
16 Aug 2026
އަލިފާނުގެ ހާދިސާއާ ގުޅިގެން 4 ދިވެހިންނަށް ވަގުތީ ބޯހިޔާވަހިކަން ދީފި
މާލޭގެ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ހަތަރު ދިވެއްސަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
19 Jul 2026
ހިޔާ އެޕާޓްމަންޓެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް
ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓްގެ 8 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ ފަސް މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަކިކަން ހަމަޖައްސައިދީފިއެވެ.
09 Jul 2026
ޖާޔާ ކުޝަން ކައިރީ ހުންނަ އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، ރޯވީ ދެ ފަންގިފިލައަށް ހަދާފައި ހުންނަ އިމާރާތެއްގައި ކަމަށެވެ.
07 Jul 2026
ފުންފަޅު ގޭގެ އަލިފާނުގެ ހާދިސާގައި 109 މީހުންނަށް އަސަރުކުރި
މާލޭގެ ގ. ފުންފަޅު ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ 109 މީހަކަށް އެކިވަރުގެ އަސަރުކޮށްފައިވާ ކަމަށާއި، އެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95,000 (ނުވަދިހަ ފަސްހާސް) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
06 Jul 2026
ގަލޮޅު ފުންފަޅު ގޭގައި ރޯވުން: 58 މީހަކަށް އެހީތެރިކަން ފޯރުކޮށް ދެނީ
އެންޑީއެމްއޭ އިން ބުނީ މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން 58 މީހަކަށް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންދާ ކަމަށެވެ.