ރައީސް އޮފީސް
18 Jun 2025
ރާއްޖެ-ވިއެޓްނާމްގެ ހާރިޖީ ގުޅުމަށް 50 އަހަރު، ވެރީންނަށް ތަހުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުތަކުގައި، ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓާއި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ވިއެޓްނާމްގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެ އެވެ.
17 Jun 2025
ރިޔާސީ ކޮމިޝަންގެ ރިޕޯޓް؛ ޔުމްނު ގަދަ ކަމުން ވައްޓާލި ކަމަކަށް ނުބެލެވޭ
މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު ހެންވޭރު ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، މީހަކު ގަދަކަމުން ވައްޓާލުމަށް މަަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިކޯޑްތަކާއި ހެކީންގެ ހެކި ބަހުން އެނގެން ނެތް ކަމަށް އެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފި އެވެ.
17 Jun 2025
ޔުމްނު ވެއްޓުނު ހާދިސާ: ރިޔާސީ ކޮމިޝަންގެ ރިޕޯޓް ނެރެފި
މި ރިޕޯޓް ޢާންމުކުރެއްވީ، ކޮމިޝަނުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނެވި ގޮތަށް ޢާންމު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެންނެވެ.
12 Jun 2025
ފަލަސްތީނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މަގާމުގެ ފަތްކޮޅު އަރުވައިފި
ފަލަސްތީންގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް މަގާމުގެ ފަތްކޮޅު އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
02 Jun 2025
ފުޓްސަލް ދަނޑު އަވަހަށް ނިންމައިދޭން ފިޔޯރީން އެދިއްޖެ
ރައީސް އޮފީހުން ބުނީ އެ ބައްދަލްވުމުގައި ފިޔޯރީގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
30 May 2025
ވަންނާނެ އިމާރާތެއް ނެތި ސްކައުންޓުން އުޅެން ޖެހުމަކީ ވެގެންވާނެ ގޮތެއް ނޫން: ރައީސް
މި ރަސްމިއްޔާތުގައި ސްކައުޓް ކައުންސިލްގެ އަށް މެންބަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް 7 ސްކައުޓަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.
30 May 2025
ގައު އެޅުމާއި ކާސްޓިންގެ މަސައްކަތަކަށް ކުންފުންޏެއް އުފައްދައިފި
ކުންފުނި އުފައްދާފައި ވަނީ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް ނަމުގައި ކަމަށެވެ.
29 May 2025
ބަންޑާރަނައިބުގެ އޮފީހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީގު ކުރައްވައިފި
ބަންޑާރަނައިބުގެ ޤާނޫނު މިއަދު ވުޖޫދުވެފައިވީނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.