ގާސިމް އިބްރާހީމަށް ލަގަބް އަރުވަނީ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Jul 2025 | 10:04
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، ގާސިމް އިބްރާހިމަށް އަރުވައިފި

ވިޔަފާރިވެރިޔާ އަދި އިޖުތިމާއީގޮތުން އެތަކެއް ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ، ގާސިމް އިބްރާހީމަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަރުވައިފިއެވެ.

ގާސިމަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވަނީ، މިހާރު ކުރިއަށްދާ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ގާސިމް އިބްރާހިމަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ރާއްޖޭގެ އިޖުތިމާޢީ، އިޤްތިޞާދީ، ތަޢުލީމީ ދާއިރާގެ އިތުރުން ދިވެހި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާތީއެވެ. އަދި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެމަނިކުފާނަށް އެރުވި ފަހުންވެސް އެކިއެކި ދާއިރާތަކުން ގާސިމް އިބްރާހީމް މިހާތަނަށް ކުރައްވާފައިވާ މިންނެތް މަސައްކަތްޕުޅުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.

ގާސިމް އިބްރާހީމަކީ އެމަނިކުފާނުގެ ޒުވާން އުމުރުން ފެށިގެން، މެދުކެނޑުމެއްނެތި ދިވެހިރާއްޖޭގެ ތަރައްޤީއަށާއި، ވިޔަފާރިއަށާއި، އިޤްތިޞާދަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޤާސިމްގެ ދަރުމަވެރި ޚިދުމަތްތަކަކީ، ރާއްޖޭގައި އަމިއްލަ ފަރުދަކު މިހާތަނަށް ފޯރުކޮށްދެމުންދާ އެންމެ ފުޅާ ދާއިރާގެ ދަރުމަވެރި ޚިދުމަތްތަކެވެ.

ގާސިމް އިބްރާހީމަށް ނިޝާން އިއްޒަތުގެ ވެރިޔާގެ ލަގަބް އެރުވުމުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

ވޭތުވެދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އައިސްފައިވާ އަދި އަންނަމުންދާ ތަރައްޤީގައި ޤާސިމްގެ ހިއްސާ ފާހަގަކޮށްލެވޭ މިންވަރަށް ބޮޑެވެ. އެބޭފުޅާ ކުރައްވާފައިވާ ތަޖުރިބާތައް ގިނަގުނައެވެ. ބިނާކުރެއްވި ދިވެހި ތަޢުލީމީ ޖީލު ފުޅާވެގެންވެއެވެ. ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގައި ގާސިމް އިބްރާހީމް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީވެސް އާރާސްތު މަސައްކަތްޕުޅުތަކެކެވެ.

ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްކުރުމަށް އެކުލަވާލެވި، ފާސްކުރެވި، ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަކީ އެބޭފުޅާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން، ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއެކު ޙާޞިލުކުރެއްވި ނަތީޖާއެކެވެ. އަދި މި ވޭތުވެދިޔަ އަހަރުތަކުގައި އެ ޤާނޫނުއަސާސީއާއި ޑިމޮކްރަސީއާއި ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި، އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތި ކުރިއަށް ނުކުމެވަޑައިގެން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީވެސް، ފާހަގަކުރެވިގެންދާ މުހިންމު އަދި ބުރަދަން ހުރި މަސައްކަތްޕުޅުތަކެކެވެ.

ގާސިމް އިބްރާހީމަކީ މިހާރުވެސް ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ މެމްބަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Jul 2026
އައިއޭސީ މެދުވެރިކޮށް ބަންގްލަދޭޝްގެ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ފުރުސަތު އައިއޭސީން ހުޅުވާލިއިރު، އެ ޖަމާއަތުން ވަނީ ހާދިސާ ހިނގުމާއެކު އެހީވުމުގެ މަސައްކަތްތައް ފަށާފައެވެ.
18 Jul 2026
ބުރު ސްޕޯޓްސް ކްލަބްގެ އާ ކޯޗަކަށް ސްޕެއިންގެ ރޮޑްރީގޭޒް
ރޮޑްރީގޭޒް ވަނީ، މީގެ ކުރިން އެކި ޤައުމުތަކުގައި މަސައްކަތްކޮށްފައެވެ. މީގެ ތެރޭގައި އިންޑިއާ، ޔޫއޭއީ، އެމެރިކާ އަދި އޮމާން ހިމެނެއެވެ
18 Jul 2026
މުއައްޒަފުން މަދުކުރަން އެސްއޯއީތަކަށް ތިންމަސްދުވަހުގެ މުހުލަތެއް
ޕީސީބީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުއައްޒަފުންގެ އަދަދު 33 އިންސައްތައަށް ކުޑަކުރުމުގެ މަސައްކަތް ފަށާފައެވެ
18 Jul 2026
އެޗްޕީއޭއިން އެދުނީ ސްކޫލް ޗުއްޓީގައި ސިއްހަތަށް ސަމާލުވެގެން އުޅުމަށް
ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ޗުއްޓީއަށް ދަރިވަރުން ގޮސްފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުއެވެ
18 Jul 2026
ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް
މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާއަށް އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ
18 Jul 2026
އިއްޒުއްދީނު ފާލަމުން ނަސަންދުރައަށް ޕާކިންނަށް ހާއްސަ ޖާގައެއް އޮންނާނެ
ރައީސް ވިދާޅުވީ، އެ ސަރަހައްދުގެ ހިއްކާފައި އޮތް ޖާގައިން ޕާކްކުރުމަށް ޖާގަ ކަނޑައެޅިފައިވާކަމަށެވެ. އެގޮތުން 500 ސައިކަލް ޕާކްކުރުމުގެ ޖާގަ އޮންނާނޭކަމަށް ރައީސް ވިދާޅުވިއެވެ
18 Jul 2026
ޕާކްފަދަ ތަންތަނަށް ގޮސް އުޅޭއިރު، ކުދިންނަށް ދަސްކޮށްދެވިދާނެ ރީތި އާދަތައް
ޕާކު ފަދަ އާންމު ތަންތަނުގައި ކުދިން އުޅެވީ ރަނގަޅު ގޮތްތައް ކޮންމެ ކުއްޖަކަށް ބުނެދީ ދަސްކޮށްދިނުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެން މީހުންނަށް އިޙުތިރާމުކުރުމާއި، ކިޔޫއަށް އިންތިޒާރުކުރުމާއި، ސާފުތާހިރުކަން ދެމެހެއްޓުމަކީ މުހިންމުކަމެއްކަން ބުނެދޭންވާނެއެވެ.
18 Jul 2026
ފޯކްލޭންޑާ ގުޅޭގޮތުން އާޖެންޓީނާ ކުޅުންތެރިން ހިޔާލުފާޅުކުރުމަކީ މައްސަލައެއްނޫން: ވައިޓްހައުސް
މި މައްސަލާގައި ވައިޓްހައުސްއިން ބުނެފައިވަނީ، ފޯކްލޭންޑާ ގުޅޭގޮތުން އާޖެންޓީނާ ކުޅުންތެރިން ފާޅުކުރި އެ ހިޔާލަކީ އެޓީމްގެ ކުޅުންތެރިންނަށް ލިބިގެންވާ ހައްގުގެ ތެރެއިން ކުރި ކަމެއްކަމަށެވެ