23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
21 Jul 2026
އެސްއޯއީތަކުގެ އޯޓީ އެއްހަމަ ކުރުމުން ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާވެގެންދާނެ: ޕީސީބީ
މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށާއި، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވެގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ޕީސީބީން ބުނޭ
18 Jul 2026
މުއައްޒަފުން މަދުކުރަން އެސްއޯއީތަކަށް ތިންމަސްދުވަހުގެ މުހުލަތެއް
ޕީސީބީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުއައްޒަފުންގެ އަދަދު 33 އިންސައްތައަށް ކުޑަކުރުމުގެ މަސައްކަތް ފަށާފައެވެ
24 Jun 2026
ޕީސީބީގެ ރައީސް ނިޒާރަށް މަޖިލީހުން ރުހުން ދީފި
މަޖިލީހުން ނިޒާރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
24 Jun 2026
އެމްޓީސީސީގެ ޗެއަޕާސަން ކަމަށް ސަޢާދާ އިބްރާހިމްް
ޕީސީބީން މިއަދު ބުނީ އެމްޓީސީސީގެ ޗެއާޕާސަން ކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަޕްތަރު ނަންބަރ ރސ 14819، ސަޢާދާ އިބްރާހިމް އައްޔަނުކޮށްފައިވާ ކަމަށެވެ.
24 Jun 2026
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑުން ޢާއިޝަތު އަލީ ވަކިކޮށްފި
ޕީސީބީން މިއަދު ބުނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުން ބޯޑުގެ މެންބަރުކަމުގެ މަގާމުން މ.ވާރޭވިލާ، ޢާއިޝަތު ޢަލީ, މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
24 Jun 2026
އެމްޕީއެލްގެ ބޯޑުން ރައިޝަމް ވަކިކޮށްފި
ޕީސީބީން މިއަދު ބުނީ އެ އެމްޕީއެލްގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން އަލްއުސްތާޛާ އާމިނަތު ރައިޝަމް، މިއަދު ވަކިކޮށްފައިވާ ކަމަށެވެ.
24 Jun 2026
ޕީސީބީ ބޯޑު މެންބަރު ކަމަށް ޒައިނާ އައްޔަނު ކޮށްފި
ޒައިނާ އަކީ ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާގައި، ޚާއްޞަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިންގ އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަރނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.