ޕީސީބީ ނަމްބޯޑް
ހަބަރު
18 Jul 2026 | 14:13
މުއައްޒަފުން މަދުކުރަން އެސްއޯއީތަކަށް ތިންމަސްދުވަހުގެ މުހުލަތެއް

ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރިފަރާތް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް ތިން މަސްދުވަހުގެ މުހުލަތެއް ދީފިއެވެ.

ދައުލަތުގެ ހިންގުމުގެ ހަރަދުތައް އިސްލާހުކޮށް ހަމަމަގަށް އެޅުވުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ޕީސީބީން ވަނީ ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުއައްޒަފުންގެ އަދަދު އުފެއްދުންތެރި މިންގަނޑެއްގައި ބެހެއްޓުމަށް އެދިފައެވެ. އެގޮތުން ޕީސީބީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުއައްޒަފުންގެ އަދަދު 33 އިންސައްތައަށް ކުޑަކުރުމުގެ މަސައްކަތް ފަށާފައެވެ. 

މިކަމާ ގުޅޭގޮތުން ޕީސީބީން މިމަހުގެ 12 ވަނަ ދުަވހު ކުންފުނިތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި ހަމަޖެހިފައިވާ އުސޫލްތަކުގެ ތެރެއިން މުއައްޒަފުން މަދުކޮށް ނިންމަން ޖެހޭނޭކަމަށެވެ. އަދި އެ ނިންމުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށްޓަކައި ހިއްސާކޮށްފައިވާ ފޯމް އަދާހަމަކުރުމަށްފަހު ކޮންމެ ހަފްތާއެއްގެ އާދިއްތަދުވަހު ފޮނުވުމަށް ވަނީ އެދިފައެވެ.

ޕީސީބީން ވަނީ، އެސްއޯއީތަކުގެ ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފަށާފައެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން ހަަރަދުކުޑަކުރުމަށް އަންގައި ބައެއް ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައެވެ. 

ޚަރަދުތައް ކުޑަކުރުމަށް އަޅަން ލަފާދީފައިވާ ފިޔަވަޅުތައް:

- ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކޮންމެހެން ކުރަންޖެހިއްޖެ ދަތުރެއް ނޫނީ ނުކުރުން

- ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް، ކުރަންޖެހޭ މުއާމަލާތްތައް އޮންލައިނުކޮށް ކުރިއަށްގެންދިއުން

- ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ފަސްޓްކްލާސް އަދި ބިޒްނަސް ކްލާހުން ދަތުރުނުކުރުން

- ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުންދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ޚަރަދު ވީހާވެސް ކުޑަކުރުން

- ފެރީގެ ހިދުމަތް ލިބޭ ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮސް ކުރުން

- އަތޮޅުތެރެއަށް ކުރާ ދަތުރުތަކުގައި ކެއުމާ ހުރުމުގެ ޚަރަދުތައް އެންމެ ކުޑަވާނެހެން އިންތިޒާމުކުރުން

- ކުންފުންޏަށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި، ފެއާތަކުގައި ނޫނީ ބައިވެރިނުވުން

އެސްއޯއީތަކުގެ ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް އެންމެބޮޑަށް ފަށާފައިވަނީ އީރާން ހަނގުރާމައާ ގުޅިގެންނެވެ. 

އެސްއޯއީތަކުގެ ހަރަދުތައް ކުންފުންޏާ އެކަށީގެންވާ މިންގަނޑުގައި ބެހެއްޓުމަށް މިފަހުން އަންގާފައިވަނީ، އީރާން ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށްވެސް އަދިފައިވާ ނުތަނަވަސްކަމުގެ ތެރެއިންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.