ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
06 May 2026
ވިސާގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ: ރައީސް
ރައީސް ވިދާޅުވީ ލަންކާގެ ރައީސް ހުންނެވީ އެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވުމަށް ވަރަށް އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރައްވާ ގޮތަށް ކަމަށެވެ.
05 May 2026
އެސްއީޒެޑްގެ އިސްލާހުތަކާއެކު ތަރައްގީގެ ދެން އޮތް ފިޔަވައްސަށް ގެންގޮސްދޭނެ: ރައީސް
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ގެނައި އިޞްލާޙުތައް ފަރުމާކުރެވިފައިހުރީ، ދިވެހިރާއްޖެ، ތަރައްޤީގެ ދެންއޮތް ފިޔަވައްސަށް ގެންގޮސްދޭނޭ ފަދަ، ބަދަލުގެނުވަނިވި ފިޔަވަޅުތަކެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ވިދާޅުވެއްޖެ އެވެ.
05 May 2026
ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ލަންކާގައި ފަށައިފި
އެ ދެ ހިދުމަތް ފެށުން އިފްތިތާހު ކުރުމުގެ ގޮތުން ދެ ދިވެއްސަކަށް ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދީފައިވެ އެވެ.
05 May 2026
ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި
ށ. މިލަންދޫގައި އެއާޕޯޓް އެޅުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
04 May 2026
ލަންކާގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
ސްރީލަންކާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް، އިތުބާރުހުރި އަވަށްޓެރި ޤައުމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވި އެވެ.
04 May 2026
ލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް، ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް ޑރ. ޖަގަތް ވިކްރަމަރަތްނަ އެމްޕީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
04 May 2026
ލަންކާގެ ބޮޑުވަޒީރު، ރައީސްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިދިޔަ އަހަރު ސްރީލަންކާއަށް އެރި ތޫފާން، ސައިކްލޯން ޑިޓްވާ އާ ގުޅިގެން އެ ޤައުމަށް ކުރިމަތިލާންޖެހުނު އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ޤައުމުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ތާރީފުކުރައްވާފަ އެވެ.
04 May 2026
ރާއްޖެއާއި ލަންކާއާ ދެމެދު ރަަސްމީ މަޝްވަރާތައް ބާއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކައާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް މިއަދު ވަނީ ބާއްވަވައިފިއެވެ.