މިއަދު އޮތް ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބު --
ހަބަރު
11 Jul 2026 | 20:38
ކޮންގްރެސްގެ އެތެރޭގެ އިންތިހާބު: 33،000 މެންބަރުން ވޯޓް ލި

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ އެތެރޭގެ އިންތިހާބު ގައި 33,000 މެންބަރުން ވޯޓްލާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށް އޮތް އިންތިހާބަކީ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި އެކި މަގާމުތަކަށް މެމްބަރުން އައްޔަނުކުރަން ބޭއްވި އިންތިހާބެކެވެ.

އިންތިހާބަށް ފަހު ނޫސްވެެރީންނަށް މައުލޫމާތު ދެއްވަމުން ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓި 119 ވޯޓް ފޮއްޓަށް 32,000 އާއި 33,000 ދެމެދުގެ އަދަދެއްގެ މެންބަރުން ވޯޓްލާފައިވާ ކަމަށެވެ.

މިއަދު އޮތް ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބު --

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު އެ ޕާޓީގެ 69,000 މެންބަރުންގެ ތެރެއިން 40,000 މެންބަރުންނަށް ލިބިފައި އޮތެވެ. ޢަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހިސާބުތައް ދައްކާ ގޮތުން މިއަދުގެ އިންތިހާބުގައި 85 އިންސައްތަ މެންބަރުން ވަނީ ވޯޓްލާފަ އެވެ.

މިއީ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުޢިއްޒުއާ ސަރުކާރަށް އަދި ކޮންގްރެސްއަށް އޮތް އިތުބާރާއި ތާއީދު ދައްކައިދޭ ނަތީޖާއެއް ކަމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއަދު އޮތް ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބު --

މިއަދު އޮތް އިންތިހާބުގައި ޖުމްލަ 2,400 މަގާމަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. އަދި އިންތިހާބީ މަގާމުތަކުގައި މިހާރު ތިއްބެވި އެ ޕާޓީގެ މެންބަރުން ހިމެނޭހެން ކޮންގްރެސް ޕާޓީގެ މަގާމުތަކުގައި 3,000 ވުރެ ގިނަ މެންބަރުން ހަމަޖެހިގެންދާނެ އެވެ.

މިއީ މި ފަހުން ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިހާބު ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ. މިއަދުގެ އިންތިހާބުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
މައްކާގެ ދެކުނަށް ހޫތީން ފޮނުވާލި ޑްރޯނެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި
މުސްލިމުންގެ އެންމެ މާތް އެއް ބިން ކަމުގައިވާ މައްކާގެ ވައިގެ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯނެއް ސައުދީ އެއާ ޑިފެންސުން ވައްޓާލައި ނައްތާލައިފިއެވެ.
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.