ރައީސް މުޢިއްޒު ގަތަރުގެ ކުރީގެ އަމީރު ހަމަދު
ހަބަރު
12 Jul 2026 | 13:22
ޤަތަރު ކުރީގެ އަމީރު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ؛ ”އެއީ އާދަޔާޚިލާފު ލީޑަރޝިޕެއް ދެއްކެވި ބޭފުޅެއް“

ޤަޠަރުގެ ތަރައްޤީގެ ބާނީގެ ގޮތުގައި ބެލެވޭ އެ ޤައުމުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އުމުރުން 74 އަހަރުފުޅުގައި ޝެއިޚް ހަމަދު އަވަހާރަވީ މިއަދު ހެނދުނު ވަގުތެއްގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝައިޚް ޙަމަދު އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ. އެމަނިކުފާނަކީ ޤަޠަރުގެ ކުރިއެރުމަށާއި ތަރައްޤީއަށް ދުރުވިސްނޭ އާދަޔާޚިލާފު ލީޑަރޝިޕެއް ދެއްކެވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ޤަޠަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށާއި، ޝާހީ ޢާއިލާއަށާއި، ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވާފައެވެ. އަދި މަރްޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރެއްވިއެވެ.

ޝައިޚް ޙަމަދު ޤަޠަރުގެ އަމީރުކަން ކުރެއްވީ 1995 އިން 2013 ވަނަ އަހަރާ ހަމައަށެވެ. އެމަނިކުފާނު ވެރިކަން ދޫކޮށްލެއްވީ 2013 ވަނަ އަހަރު، ދަރިކަލުން އަދި މިހާރުގެ އަމީރު ޝައިޚް ތަމީމްއާ ވެރިކަން ޙަވާލުކުރެއްވުމަށްފަހުގައެވެ. މުޠުލަޤު ރަސްކަމެއްގެ ގޮތުގައި ވެރިކަން ކުރެއްވި ޝައިޚް ޙަމަދުގެ 18 އަހަރުވީ ޒަޢާމަތުގައި ޤަޠަރު ވަނީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމަށް ބަދަލުކޮށްލައްވާފައެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ޤަޠަރުގެ ގޭސް އުފައްދާ މިންވަރު 77 މިލިއަން ޓަނަށް އިތުރުކުރެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބޮލަކަށް ޖެހޭ އާމްދަނީ 86,440 ޑޮލަރަށް އަރައި، ޤަޠަރު އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދިއެވެ. މީގެ އިތުރުން ޤަޠަރު އިންވެސްޓްމަންޓް އޮތޯރިޓީ (ކިއު.އައި.އޭ) އުފައްދަވައި، ދުނިޔޭގެ މަޝްހޫރު ކުންފުނިތަކާއި އިމާރާތްތަކުގައި 100 ބިލިއަނަށްވުރެ ގިނަ ޑޮލަރު އިންވެސްޓްކުރެއްވިއެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ "ދަ ޝާޑް" އިމާރާތާއި، ހެރޮޑްސް އަދި ޕެރިސް ސެއިންޓް ޖާމަން ކްލަބް ފަދަ ތަންތަން ހިމެނެއެވެ.

ޚާރިޖީ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިންވެސް ޝައިޚް ޙަމަދު ވަނީ ޤަޠަރު ދުނިޔޭގެ ޗާޓަށް ނެރުއްވާފައެވެ. އެގޮތުން 2006 ގެ އޭޝިއަން ގޭމްސްއާއި، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުޞަތު ޤަޠަރަށް ހޯއްދަވައިދެއްވީ އެމަނިކުފާނުގެ ޒަޢާމަތުގައެވެ. އޭގެ އިތުރުން ސަރަޙައްދީ ސުލްޙައަށްޓަކައި "ދޯހާ އެއްބަސްވުން" ފަދަ މުހިންމު ސިޔާސީ މަޝްވަރާތައްވެސް އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ޤަޠަރުގައި ކުރިއަށްގެންގޮސްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.